އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖިލީހުގެ ރައީސަށްވެސް މެންބަރަކަށްވެސް ހުއްދަ ނުނަގާ ދީނާ އެއްކޮޅަށްވެސް ތަޤްރީރެއް ނުކުރުވޭނެ! ދައުވާ ކުރެވެން ޖެހޭނެ!

މަޖިލީހުގެ ރައީސަށްވެސް މެންބަރަކަށްވެސް ހުއްދަ ނުނަގާ ދީނާ އެއްކޮޅަށްވެސް ތަޤްރީރެއް ނުކުރުވޭނެ! ދައުވާ ކުރެވެން ޖެހޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 37 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ މި ވިދާޅުވަނީ އެމީހުން އިސްލާމް ދީނާ ދެކޮޅު ވާހަކައެއް ނުދައްކާ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދުތަކުގައި ސެކިޔުލާ ވިސްނުން ފަތުރުވަން ރާއްޖެ ގެނައި މީހުން ލައްވައި "ވެކްސިން" ދިނުމުގައި އިސްކޮށް ތިއްބެވި ކަމަށް މިހައިތަނަށް ބެލެވޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށާއި މެންބަރަށްވެސް އެނގިވަޑައި ނުގެންނެވި ކަމަކީ އިސްލާމް ދީނާއި ދެކޮޅަށް ކީއްކުރަންތޯ؟ އެއްކޮޅަށް ވެސް ސެމިނާރތައް ބާއްވައި ފަތުވާ ދެވޭނީ އިސްލާމިކް މިނިސްޓްރީގެ ހުއްދަ ލިބިގެންކަމެވެ. އެކަން އެގޮތަށް ހަމަޖައްސާފައިވަނީ ހަމަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫނަކުންކަންވެސް ރާއްޖެއިން އިސްލާމް ދީން ފުހެލުމުގެ މަސައްކަތްކުރާ މީހުންނަށް ނުއެނގުނުކަން އެއީ ހަމަ ކޮންމެ މީހަކުވެސް ވިސްނައިލުން މުހިންމު ކަމެކެވެ. 

މަޖިލީހުގެ ރައީސްގެ އިސް ދައުރެއް މިކަމުގައި އޮތްއިރު އިސްލާމް ދީނާއި އެއްކޮޅަށްވެސް ދެކޮޅަށްވެސް، ހަރުކަށި ފިކުރުގެ ވާހަކަވެސް މަޑުކަށިފިކުރުގެ ވާހަކަވެސް ރާއްޖޭގައި ދެއްކޭނީ އިސްލާމިކް މިނިސްޓްރީން ހުއްދަނަގައިގެންކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންވަން ޖެހޭނީ އެމަނިކުފާނަށެވެ. އެކަން އެގޮތަށް ތަންފީޒު ކުރައްވާފައި ނުވުމުން "އަނދިރިއަނދިރިން"ގެ ދައުރު މިކަމުގައި އޮތްވަރު ފެނިގެންދެއެވެ.  

ޢަބްދުލްޣަފޫރަށް އެމްޑީއެންގެ ބިޔަ ވެރިންގެ ތާއީދު މިހާރު ވަނީ އޮހެން ފަށައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސިއްރު މަސައްކަތް ކުރާ މުވައްޒިފުންނާއި 'ޝައު ބައު ތަކު'ގެ ތާއީދު މިހާރު ދަނީ ޢަބްދުލްޣަފޫރުގެ ޓްވީޓަށް އޮއްސަމުންނެވެ. އެމްޑީއެން ރިޕޯޓާއި ގުޅިގެން ބުނެފައިވަނީ އެ ރިޕޯޓުގައި އިސްލާމް ދީނާއި ދެކޮޅު އެއްވެސް ކަމެއް ބަޔާންކޮށްފައި ނުވާނެ ކަމަށެވެ. ޢަބްދުލްޣަފޫރު މޫސާ ވިދާޅުވަނީ އެމީހުން އިސްލާމް ދީނާ ދެކޮޅު އެއްވެސް ވާހަކަ އެއް ނުދައްކާ ކަމަށެވެ. ސެމިނާރގައި ބައިވެރިވި މީހުންނަށް އަޑު އިވުނު ގޮތް ތަފާތެވެ. 

ރާއްޖޭގެ އެއްވެސް ރަށަކަށް ކާފަރުން ގެންގޮސްގެން އިސްލާމް ދީނުގެ ވާހަކަ ދައްކުވަން ޖެހޭ، އަދި ކަމާއިބެހޭ މިނިސްޓްރީން އެއްވެސް ހުއްދައެއް ނުނަގައި އެކަން ކުރި ސަބަބު ހޯދައި މި އަނިޔާވެރި ލާދީނީ ޖަރީމާ ހިންގުމުގައި އިސްކޮށް ތިބި އެންމެންގެ މައްޗަށް ދައުވާ ކުރެވެންޖެހޭނެ އެވެ. ސިފަ ބަދަލުކޮށްގެން އަނދިރިއަނދިރިން އަލުން ރާއްޖެ އަރައި ރާއްޖެއިން އިސްލާމް ދީން ފުހެލަން މިކުރެވޭ މަސައްކަތްތަކަށް ޤާނޫނީ ގޮތުން އިންޞާފު ހޯދައިދޭން ހުރި މުއައްސަސާތައް ނުކުޅެދުނު ނަމަވެސް ﷲ ތައާލާގެ ކުޅަދުންވަންތަކަން ކަނޑުވައެއް ނުލެވޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް