އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙައްޖު ކޯޕަރޭޝަންގެ މާރޗް އުމްރާ ކެންސަލް ކޮށްފި، ނަމަވެސް މިއަދު ޢުމްރާއަށްދާ މީހުންނަށް ފުރޭ ގޮތްވެއްޖެ!

ޙައްޖު ކޯޕަރޭޝަންގެ މާރޗް އުމްރާ ކެންސަލް ކޮށްފި، ނަމަވެސް މިއަދު ޢުމްރާއަށްދާ މީހުންނަށް ފުރޭ ގޮތްވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 39 ސިކުންތު

ކޮރޯނާ ވަރިއަސް ނުވަތަ ކޮވިޑް 19 ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރެމުން ދިޔުމާއި ގުޅިގެން ސައުދީ އަށް އުމްރާ އަށް ދިޔުން އެގައުމުގެ ސަރުކާރުން މަނާކުރުމާއެކު، ހައްޖު ކޯޕަރޭޝަނުގެ މާޗު މަހުގެ އުމްރާ ކެންސަލް ކޮށްފި އެވެ.

މިކަމާއި ގުޅޭގޮތުން ޙައްޖު ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާރޗް ޢުމްރާ ކެންސަލްވުމާއި ގުޅިގެން ޢުމްރާވެރިން ދެން ޢަމަލު ކުރަންވީ ގޮތް އެކޯޕަރޭޝަނުން އަންގާނެ ކަމަށެވެ.

މެދު އިރުމަތީގައި ހަލުވިކަމާއެކު ކޮވިޑް 19 ފެތުރެމުންދާތީ، އެކަމުގެ ސަބަބުން ފެތުރިދާނެ ސިއްހީ ބޮޑު ބަލިމަޑުކަމަކުން ސަލާމަތްވުމަށް ސައުދީ ސަރުކާރުން އެގައުމަށް ދަތުރުކުރުން ވަގުތީގޮތުން މަނާކޮށްފައިވާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.

ސައުދީ ސަރުކާރާ ހަވާލާދީ އެ ބަޔާނުގައި ބުނީ މިއީ ސިއްހީ އިދާރާތަކާޢ ިދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ލަފާގެ މަތިން ސައުދީ ރައްޔިތުންނާއި ހަރަމްފުޅަށް ޒިޔާރަތްކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

ސައުދީ ފޮރިން މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އުމްރާއަށް މީހުން އައުން މިވަގުތަށް މަނާކުރަން ޖެހުނީ، މިދިޔަ އަހަރު ޗައިނާއިން ފެތުރެން ފެށި ކޮވިޑް-19 ވައިރަހުގެ ނުރައްކާ މުޅި ދުނިޔެއަށް ބޮޑުވެފައި ވާތީ، ސައުދީ ރައްޔިތުންނާއި ހަރަމްފުޅަށް ޒިޔާރަތް ކުރާ އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށް ޓަކައި ކަމަށެވެ. އަދި އެ ފިޔަވަޅު ދެމިގެންދާނެ ވަކި މުއްދަތެއް ވެސް ސައުދީއިން އަދި އިއުލާނެއް ނުކުރެ އެވެ. އަދި ހައްޖުގެ އަޅުކަމަށް ވިސާ ދޫކުރުމާ ގުޅޭ ގޮތުން ވެސް އަދި ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ.

ޙައްޖު ކޯޕަރޭޝަނުން މިއަދު މާރޗް ޢުމްރާ ކެންސަލް ކުރިނަމަވެސް، ޢުމްެރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދާން މިއަދު ރާއްޖެއިން ފުރަންދިޔަ މީހުންނަށް އެއްވެސް ހުރަހެއްނެތި ފުރޭ ގޮތްވެއްޖެއެވެ.

މިއަދު ޢުމްރާއަށްދާން ތައްޔާރުވެގެން ދިޔަ މީހުންގެ ތެރޭގައި، ނަވާ ހައްޖު އެންޑް އުމްރާ ގުރޫޕްގެ ފަރާތުން އުމްރާއަށް ދާ 49 މީހުން ހިމެނެ އެވެ.

އެޖަމިއްޔާގެ ހަވާލުގައި ފުރާ މީހުންނަށް ފުރޭ ގޮތްވެ، ވިސާވެސް ލިބިފައިވާއިރު، އެމީހުން ފުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ސައުދީ އެއާލައިނުން ވެސް ވަނީ އަންގާފައެވެ. އަދި އެގްރޫޕްގެ ފަރާތުން އެޑްވާންސް ޓީމެއްވެސް މިހާރުވަނީ ސައުދީ އަރަބިއްޔާއަށް ފުރާފައެވެ.

ސައުދީގެ ފޮރިން މިނިސްޓްރީއިން މިއަދު ބަޔާނެއް ނެރެ އެ ގައުމަށް ވަނުން މަނާކޮށްފައިވާކަން އިއުލާން ކޮށްފައިވީ ނަމަވެސް އުމްރާއަށް ނުދެވޭނެ ކަމަކަށް އަދި ރަސްމީކޮށް އަންގާފައިނުވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ