އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޓީސީސީ އިން ދިވެހިންނަށް ދުވިސައްތަ އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލައިފި

އެމްޓީސީސީ އިން ދިވެހިންނަށް ދުވިސައްތަ އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

އެމްޓީސީސީ އިން ދިވެހިންނަށް 200 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަމާ ގުޅިގެން މިއަދު އެމްޓީސީސީން ބުނެފައިވަނީ މިވަޒީފާތަކަށް  ޑްރައިވަރުންނާއި ސުޕަވައިޒަރުން، ވެލްޑަރުން، އެސްކެވޭޓާ ޑްރައިވަރުން އަދި ކައްކާއިންނާއި ކައްކާއިންގެ އެހީތެރިންގެ އިތުރުން ލޭބަރުންގެ ވަޒީފާއަށް މީހުން ބޭނުންވާކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެ ކުންފުނިން ޕްރޮޖެކްޓުތައް ކުރިއަށްގެންދާ އއ. ރަސްދޫ، ހދ. ނެއްލައިދޫ، ގދ. ތިނަދޫ، ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ކ. ގުރައިދޫ، ނ. މިލަންދޫ، ވ. ރަކީދޫ، ލ. މާވަށް އަދި ފުވައްމުލައް ސިޓީ ގައި މަސައްކަތްކުރާނެ ސްކިލްޑް އަދި އަން ސްކިލްޑް މުވައްޒަފުން ބޭނުންވާ ކަމަށެވެ.

ބައެއް ވަޒީފާތަކަށް މީހުން ހޯދަން މިހާރުވެސް އިއުލާނު ކޮށްފައިވާ ކަމަށާއި އިއުލާނު ނުކޮށް ހުރި ރަށްތަކުގައި ކައުންސިލްތައް މެދުވެރިވެގެން ވަޒީފާތަކަށް އިއުލާނު ކުރާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

މި ވަޒީފާތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެމްޓީސީސީގެ ނަންބަރު 3001141 އާ ގުޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު