އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިއްދޫ، އޭދަފުށި އަދި ކުޑަހުވަދޫގައި 55 އެނދުގެ އާހޮސްޕިޓަލުތަކެއް އަޅަނީ!

ދިއްދޫ، އޭދަފުށި އަދި ކުޑަހުވަދޫގައި 55 އެނދުގެ އާހޮސްޕިޓަލުތަކެއް އަޅަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

ތިން އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލްގައި އަލަށް ޤާއިމްކުރާ ހެލްތު ފެސިލިޓީޒްތަކުގެ ތެރޭގައި ހިމަނައިގެން 55 އެނދުގެ އައު ހޮސްޕިޓަލްތަކެއް އެޅުމަށް ނިންމައިފިއެވެ.

މިއަދު މާގިރި ހޮޓެލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ދިއްދޫގައި ހުންނަ ހއ އަތޮޅު ހޮސްޕިޓަލާއި، އޭދަފުށީގައި ހުންނަ ބ އަތޮޅު ހޮސްޕިޓަލާއި، ކުޑަހުވަދޫގައި ހުންނަ ދ އަތޮޅު ހޮސްޕިޓަލްގައި އަލަށް ޤާއިމްކުރާ ހެލްތު ފެސިލިޓީސްތައް ތައާރަފްކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބުދުﷲ އަމީނެވެ.

މިރަސްމިއްޔާތުގައި މިހާރު އެތިން އަތޮޅުގެ އަތޮޅު ހޮސްޕިޓަލް ހިންގުމުގައި މިވަގުތު ހަވާލުވެ ތިއްބެވި މެނޭޖަރުންވެސް ވަނީ ބައިވެރިވެ ވާހަކަފުޅު ދައްކަވާފައެވެ.

އަލަށް ޤާއިމްކުރާ ހެލްތު ފެސިލިޓީޒްތަކުގައި ހިމެނިގެން މުޅިން އައު ހޮސްޕިޓަލްތައް އިމާރާތްކޮށް، އިތުރު ޚިދުމަތްތައް ތަޢާރަފްކުރާނެކަމުގައި ހެލްތު މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން މި ތިން ހޮސްޕިޓަލްވެސް ފަރުމާކޮށްފައިވަނީ ޒަމާނާއި އެއްގޮތަށް ޖުމްލަ 55 އެނދުގެ ހޮސްޕިޓަލްތަކެއްގެ ގޮތުގައި ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

މިހޮސްޕިޓަލްތައް ޤާއިމްކޮށް ނިމޭއިރު އެ ތަންތާގައި ޖުމްލަ 19 އޯޕީޑީ ކޮންސަލްޓޭޝަން ރޫމާއި، 6 ޕްރައިވެޓްރޫމްގެ އިތުރުން 3 އެނދުގެ އެންއައިސީޔޫ، 3 އެނދުގެ އައިސީޔޫ، 2 އޮޕަރޭޝަން ތިއޭޓަރ އަދި 12 އެނދުގެ 8 ވޯޑު ހިމެނިގެންދާނެ ކަމަށާއި، އަދި މީގެ އިތުރުން ލެބޯރެޓަރީ، އެކްސްރޭ ރޫމް އަދި އަލްޓަރާ ސައުންޑް ސްކޭން ހެދޭނެ އިންތިޒާމްތައްވެސް ހުންނާނެ ކަމުގައި އެމިނިސްޓްރީން ވިދާޅުވެއެވެ.

"އިރާދަކުރެއްވިއްޔާ މިިބިނާ ކުރެވޭ ސިއްޙީ ޚިދުމަތްދޭ ތަންތަނުން، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ފަސޭހަކަމާއި އެކު ޚިދުމަތް ފޯރުކޮށްދިނުމަކީ، އަޅުގަނޑުމެންގެ އަމާޒު. ޚިދުމަތް ފޯރުކޮށް ދިނުމުގައި އާބާދި އާއި އެކަށީގެންވާ ފެންވަރެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ ވިސްނުން އަަޅުގަނޑުމެންގެ އެބަހުރި. އެހެން ނަމަވެސް މިއަދު އާބާދީއަށް އެކަނި ވިސްނައިގެން ކަންކަން ކުރެވޭކަށް ނެތް." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، މިތިން ހޮސްޕިޓަލްގެ މަސައްކަތުގެ އިތުރުންވެސް ރާއްޖޭގެ ސިއްޙީ ދާއިރާގައި އަލަށް ޤާއިމް ކުރެވޭ ހެލްތު ފެސިލިޓީތަކާއި ގުޅޭ މައުލޫމާތު އަންނަ މަހުގެ ތެރޭގައި ހާމަކުރުމަށް ހެލްތު މިނިސްްޓްރީން ތައްޔާރުވަމުންދާ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ