އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަތިސް ނަމާދަށް ހޭލަން ފެށިދާނެ ފަސޭހަ ގޮތެއް!

ފަތިސް ނަމާދަށް ހޭލަން ފެށިދާނެ ފަސޭހަ ގޮތެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

ބައެއް މީހުންނަށް އެންމެ ބޮޑު ކަމަކަށްވެފައި އޮންނަނީ ފަތިސް ނަމާދަށް ހޭލުމެވެ. ބައެއް މީހުން ބުނަނީ ގަދިސޯނާކުރި ނަމަވެސް، ފަތިހު ހޭލަން މަސައްކަތްކުރި ނަމަވެސް ނުހޭލެވޭ ކަމަށެވެ. އަދި ހޭލެވުނު ނަމަވެސް ކަންނެތްވެ ނިދޭގޮތް މެދުވެރިވާކަމަށްވެސް ބުނެއެވެ. 

މިފަދަ މީހުން އެންމެ ކުރަން އެންމެ މުހިންމު ކަމަކީ ނިދުމުގެ ކުރިން ކުރުސި ކިޔެވުމެވެ. 3 ފަހަރު ކުރުސި ކިޔައިގެން ނިދުމަކީ ހޭލަން ފަސޭހަވެ އަދި ނިދީގެ ކަންނެތްކަންވެސް ފިލައިގެންދާ ކަމެކެވެ. އެހެނީ ޝައިޠޯނާ ކިތަންމެ ބޭނުންވި ނަމަވެސް ކުރުސި ކިޔައިގެން އޮންނަ މީހަކާއި ކައިރިއެއް ނުވެވޭނެއެވެ. ﷲ ތަޢާލާ އެމީހާގެ ހިމާޔަތުގައި މަލާއިކަތުން ބައިތިއްބަވާނެތެވެ! ވީމާ ހޭލެވޭވަގުތު ނިދަން ހިތްވަރުދީ ވަސްވާސްދޭ ޝައިޠޯނާގެ ކިބައިން އެމީހަކަށް ސަލާމަތްކަން ލިބޭނެތެވެ! އިން ޝާ ﷲ 

މީގެ އިތުރުން ބައެއް މީހުންގެ ތަޖުރިބާއަށް ބަލާއިރު ނިދިން ހޭލަން މަސައްކަތްކުރުމުންވެސް ނުހޭލެވޭ މީހާ، ހޭލެވުނުހައި އަވަހަކަށް އެހެން އެއްވެސް ކަމެއް ނުކޮށް ފުރަތަމަ ކަމަކަށް  ފެންވަރައި ތާހިރުވެ ވުޟޫކޮށް، ޒީނަތްތެރިވެގެން ފަތިސްނަމާދު ކުރުމަކީ ވެސް ފަތިހު ހޭލެވެން ފަށާ ސަބަބެކެވެ. އެންމެ ރަނގަޅު ގޮތަކީ އިހު ސުންނަތްވެސް ކޮށްގެން ނަމާދު ކުރުމެވެ. 

ފަތިސް ނަމާދު ޤަޟާކުރުމުގެކުރިން އިހުސުންނަތުގެ ދެރަޚްޢަތް ކުރުމާއިބެހޭ ގޮތުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވެއެވެ. 

"ރަސޫލް (ޞޢވ) އަމަލުފުޅުކުރައްވަވާފައިވަނީ އެގޮތަށެވެ. ފަތިސް ނަމާދަށް ހޭފުޅު ނުލެއްވެވުނު ރޭގެ ފަތިސް ނަމާދު ޤަޟާ ކުރެއްވެވީ އިހު ސުންނަތް ކުރެއްވެވުމަށްފަހުގައެވެ. ވީމާ އަހަރެމެންވެސް ޢަމަލުކުރަންވީ ހަމައެގޮތަށެވެ. ފަތިސް ނަމާދު އެކަނި ކުރި ނަމަވެސް ފަރުޟު އަދާކުރެވޭނެއެވެ!"  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް