އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިލާ ކޮލެޖްގެ ސްކޮލްރޝިޕް ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން

ވިލާ ކޮލެޖްގެ ސްކޮލްރޝިޕް ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 50 ސިކުންތު

ވިލާ ކޮލެޖުގެ ސްކޮލަރޝިޕް ސްކީމް 2020 އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. 

ވިލާ ކޮލެޖު ސްކޮލަރޝިޕް ސްކީމަކީ 2016 ވަނަ އަހަރުން ފެށިގެން އެކޮލެޖުގައި ހިލޭ މަތީ ތަޢުލީމް ޙާސިލް ކުރުމަށް ކޮންމެ އަހަރަކު އެއްފަހަރު ހުޅުވާލެވޭ ސްކޮލަރޝިޕް ފުރުސަތުތަކެކެވެ. 

4 ދާއިރާއެއްގެ މައްޗަށް އެކުލެވޭ މި ސްކޮލަރޝިޕް ސްކީމްގައި ހިމެނޭ ދާއިރާ ތަކަކީ:

1. ވިލާ ކޮލެޖު އޯޕަން ސްކޮލަރޝިޕް:

މި ކެޓަރގަރީ އިން ހުޅުވާލަވިފައި ވަނީ ޖުމްލަ 3 ސްކޮލަރޝިޕް އެވެ. ފައުންޑޭޝަން ފެންވަރުގެ 1 ސްކޮލަރޝިޕް، ޑިގްރީ ފެންވަރުގެ 1 ސްކޮލަރޝިޕް ، އަދި މާސްޓަރސް ފެންވަރުގެ 1 ސްކޮލަރޝިޕް ހުޅުވާ ލެވިފައިވާ މި ދާއިރާއަށް މި ލެވެލްތަކުގެ ކޯސްތަކަށް ޝަރުތުހަމަވާ ކޮންމެ ދިވެއްސަކަށްވެސް ކުރިމަތިލެއްވޭނެއެވެ. ސްކޮލަރޝިޕަށް ދަރިވަރުން ހޮވުމުގައި ބަލާނީ ކުރިމަތިލާފައިވާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ ފާސް ހޯދާފައިވާ ދަރިވަރުންނަށެވެ. 

2. ވިލާ ކޮލެޖު / ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ސްކޮލަރޝިޕް

ކޮންމެ އަހަރަކު ވެސް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްއިން އޭލެވެލް ހަދާ ދަރިވަރުންގެ ތެރެއިން 2 ދަރިވަރަކަށް ވިލާ ކޮލެޖުގައި ޑިގްރީ ހެދުމަށް 2 ފުރުސަތު ހުޅުވައި ލެވޭނެއެވެ. މި ގޮތުން މި ސްކޮލަޝިޕަށް ދަރިވަރުން ހޮވުމުގައި ބެލޭނީ ކުރިމަތިލާފައިވާ ދަރިވަރުންތަކުގެ ތެރެއިން އޭލެވެލްއިން އެންމެ މަތީ ފާސް ހޯދާފައިވާ ދަރިވަރުންނަށެވެ. މި ދާއިރާއިން ސްކޮލަޝިޕަށް ކުރިމަތި ލެވޭނީ ވީ.އައި.އެޗް.އެސް އިން އޭލެވެލް ނިންމިތާ އެންމެ ގިނަވެގެން 2 އަހަރުވެފައިވާ ދަރިވަރުންނަށެވެ. 

3. ވިލާ ކޮލެޖު ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕް

މިއީ ވިލާ ކޮލެޖުގެ އަތޮޅުތެރޭގެ ކެޕްމަސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ޚާއްސަކޮށްފައިވާ ދާއިރާއެކެވެ. އެގޮތުން އަތޮޅުތެރޭގެ ކެމްޕަސްތަކުގެ ތެރެއިން 100-50 ދޭތެރޭގެ ދަރިވަރުން ކިޔަވަމުންދާ ކެމްޕަސްތަކަށް 1 ފުރުސަތު، އަދި 150-100 މަތީ އަދަދެއްގެ ދަރިވަރުން ކިޔަވަމުންދާ ކެމްޕަސްތަކަށް 2 ފުރުސަތު ލިބިގެންދާނެެއެވެ. ފައުންޑޭޝަން، ޑިގްރީ އަދި މާސްޓަރސް ކިޔަވާ ދަރިވަރުންނަށްވެސް މި ފުރުސަތު ލިބިގެންދާނެއެވެ. މި ދާއިރާއިން ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލުމަށްޓަކައި ހަވާލުކުރެވޭނީ ލޯކަލް ކައުންސިލް ތަކާއެވެ. 

4. ވިލާ ކޮލެޖު އެލަމްނައި ސްކޮލަރޝިޕް

ވިލާ ކޮލެޖުން ކިޔެވުން ނިންމި ދަރިވަރުންނަށް އަމާޒުކޮށްގެން ހުޅުވާލަވިފައިވާ މި ދައިރާގައި މާސްޓަރސް ފެންވަރަށް ކިޔެވުމަށް 1 ފުރުސަތާއި، ޑިގްރީ ފެންވަރަށް ކިޔެވުމަށް 1 ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މި ގޮތުން ކޯހަށް ދަރިވަރުން ހޮވުމުގައި ބެލޭނީ ކުރިމަތި ލައިފައިވާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ ފާސް ހޯދާފައިވާ، ވިލާ ކޮލެޖުގެ މުސްކުޅި ދަރިވަރުންނަށެވެ. 

މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެސް ކުރިމަތި ލެވޭ ގޮތަށް ހުޅުވާލާ މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީޚަކީ 300 އޭޕްރިލް 2020 އެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު