އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމީހަކީ އެމީހެއްގެ މަތިން ﷲ ހަނދުމަކުރައްވަވާނެ އަޅަކަށް ވުމުގެ ފުރުޞަތު ވަރަށް ފަސޭހައިން ހޯދެން އޮތް މީހެކެވެ!

އެމީހަކީ އެމީހެއްގެ މަތިން ﷲ ހަނދުމަކުރައްވަވާނެ އަޅަކަށް ވުމުގެ ފުރުޞަތު ވަރަށް ފަސޭހައިން ހޯދެން އޮތް މީހެކެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

އަހަރެމެން އެންމެންނަކީ ވެސް ހަމަ ﷲ ތަޢާލާ އުފެއްދެވި މަޚްލޫޤުންނެވެ. އެކަލާނގެ އަޅުތަކުންނެވެ. 

ދުނިޔޭގައި މީސްތަކުންގެ އަޅުންގެމަތިން އެ އަޅުންގެ ޞާޙިބުން ހަނދާނެއް ނުކުރެއެވެ. އެއީ އެއްވެސް ބައެއްގެ ގޮތަކުވެސް ނުދެކެއެވެ. 

ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން އޮތީ އެގޮތަކަށް ނޫނެވެ! ކޮންމެ މީހަކީވެސް އެމީހެއްގެ މަތިން ﷲ ތަޢާލާ ހަނދުމަކުރައްވަވާނެ އަޅަކަށްވުމުގެ ފުރުޞަތު މިވަނީ ﷲ ތަޢާލާ ދެއްވަވައިފައެވެ. ކުރަން އޮތް ކަމަކީ ހަމައެކަނި މިއާޔަތް ހަނދުމަކޮށް ޢަމަލުކުރަންވީއެވެ! 

"ފަހެ، ތިއަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ޝުކުރު ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ކާފިރު ނުވާށެވެ!" (އަލްބަޤަރާ: 152) 

ވީމާ ލިބޭ ކޮންމެ ވަގުތަކު ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރާށެވެ! އެމީހާ ﷲ ތަޢާލާގެ މަތިން ހަނދުމަކުރިވަރަކަށް ﷲ ތަޢާލާ އެމިހާގެ މަތިން ހަނދުމަކުރައްވަވާނެތެވެ! އަހަރެމެންނަކީ ﷲ ތަޢާލާގެ އަޅުން ކަމުގައިވާއިރު މިއީ ދެއްވަވާފައިވާ ކިހައި މަތިވެރި ފުރުޞަތެއް ހެއްޔެވެ؟ ފުރުޞަތުގެ ބޭނުން ހިފުން ގިނަކުރާށެވެ! ﷲ ތައާލާގެ ޙަޟްރަތާއި ކުއްތަންވާން ގަދައަލައި ަމސައްކަތް ކުރާށެވެ! ހުރިހާ ކުރިއެރުމެއްވެސް ދާނީ ލިބެމުންނެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް