އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާ ވައިރަސް ރާއްޖެ އަންނާނެ! - އެކަމާ ބިރުން ކާބޯތަކެތި އެއް ކުރާ ހިސާބަށް ދިއުމަކީ ޒިންމާދާރު ކަމެއް ނޫން: ރައީސް ނަޝީދު

ކޮރޯނާ ވައިރަސް ރާއްޖެ އަންނާނެ! - އެކަމާ ބިރުން ކާބޯތަކެތި އެއް ކުރާ ހިސާބަށް ދިއުމަކީ ޒިންމާދާރު ކަމެއް ނޫން: ރައީސް ނަޝީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

މުޅިދުނިޔޭގައި މިހާރު ފެތުރމުންނަން ނުރައްކާތެރި ކޮރޯނާ ވައިރަސް ރާއްޖެ އަށްވެސް އަންނާނެ ކަމަށާއި އެހެންނަމަވެސް އެކަމާ ބިރުން ކާބޯތަކެތި އެއް ކުރާ ހިސާބަށް ދިއުމަކީ ޒިންމާދާރު ކަމެއް ނޫންކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކޮރޯނާ ވައިރަސްއަށް ތައްޔާރުވުމާ ގުޅޭ ކުއްލި މައްސަލައާގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ދުނިޔޭގައި އުޅޭ ބައްޔެއް ވެއްޖެއާ ރާއްޖެއަށް ވެސް އަންނާނެ ކަމަށާއި އެކަމާ ބިރުން ގޭގައި ތިބެ ކާބޯތަކެތި އެއް ކުރާ ހިސާބަށް ދާން އުޅުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖެއަށް ކޮރޯނާ ވައިރަސް އައުމަކީ ނުވެދާނެ ކަމެއް ގޮތުގައި ދެކެން ވަރަށް އުނދަގޫ ކަމަށާއި ރާއްޖެއަށް ވަކި ނާންނަ އެއްވެސް ބައްޔެއް ދުނިޔެއަކު ނޫޅޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ މި ވައިރަސް ރާއްޖޭގައި ފެތުރުނަސް ސިއްހީ ނިޒާމް އޮތީ އެފަދަ ކަންކަމަށް ވަރަށް ފަރިތަ ގޮތަކަށް ކަމަށާއި ކޮރޯނާއަށް ވެސް ކުރަން ޖެހޭނެ ކަމަކީ ސާފުތާހިރުކޮށް އުޅުން ފަދަ އާދައިގެ އާންމު ކަންތައްތަކެއް ކަމަށެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު