އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިސްކިތްތައް ތަޅައި މުޞްޙަފްތައް އަންދައި މުސްލިމުން މެރިނަމަވެސް އިންޑިއާގެ މުސްލިމުން ތިބީ އިސްލާމް ދީން ދޫކުރާ ގޮތަކަށް ނޫން!

މިސްކިތްތައް ތަޅައި މުޞްޙަފްތައް އަންދައި މުސްލިމުން މެރިނަމަވެސް އިންޑިއާގެ މުސްލިމުން ތިބީ އިސްލާމް ދީން ދޫކުރާ ގޮތަކަށް ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

އިންޑިއާ ސަރުކާރުގެ ފުރިހަމަ ތާއީދާއި ސިފައިންނާއި ފުލުހުންގެ އެއްބާރުލުމާއިއެކު މިސްކިތްތައް ތަޅައި މުޞްޙަފްތައް އަންދައި މުސްލިމުން މެރިނަމަވެސް އިންޑިއާގެ މުސްލިމުން ތިބީ އިސްލާމް ދީން ދޫކުރާ ގޮތަކަށް ނޫނެވެ! އެމީހުން މިއަދުވެސް ބުނަމުން ގެންދަނީ އެމީހުންގެ އީމާންކަން ގުޑުވައި ނުލެވޭނެ ކަމަށެވެ. 

"އަހަރެމެންގެ ގެދޮރުން ބޭރުކޮށް އަހަރެމެން އަތުލައި ގަނެ ތަޅައި އަނިޔާކޮށް މެރި ނަމަވެސް އަހަރެމެން ޝަރީކެއް ނުކުރާނަން! ﷲ ގެ ދީން ދުލެއް ނުކުރާނަން! އަހަރެމެން އެނބުރި އަންނާނަން!" ފަދަ ހިތްވަރު ގަދަ ބަސްތައް އިންޑިއާގެ މުސްލިމުން ގެންދަނީ ބުނަމުންނެވެ. 

އިންޑިއާގެ މުސްލިމުން ޤަބޫލުކުރާ ގޮތުގައި ކަޝްމީރުގެ ރައްޔިތުންގެ ޙައްޤުތައް އަތުލައިގަތުމަށްފަހު ރަށްވެހި ކަމުގެ ޤާނޫނު ބަދަލުކޮށް މުސްލިމުން ނިކަމެތިކޮށްލީ އެކަންކަމުގެ ސަބަބުން މުސްލިމުން މާޔޫސްވެ ހިންދޫ ދީނަށް އެނބުރޭނެ ކަމަށް ބަލައިގެންނެވެ. ނަމަވެސް އެމީހުން ހިންދޫ ދީނަށް ވެއްދުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ! 

އިންޑިއާގެ މުސްލިމުން އެންމެ ބޮޑަށް ކަންބޮޑުވަނީ އީރާނު ފަދަ މަދު މުސްލިމް ޤައުމަކުން ނޫނީ އެމީހުންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްނުލާތީއެވެ. ސައްތައިން ސައްތަ މުސްލިމް ޤައުމުގެ ނަމުގައި އޮތް ސައުދިޢަރަބިޔާ އާއި ދިވެހިރާއްޖެ އިންޑިއާ ސަރުކާރަށް ތާއީދުކުރާތީއެވެ. މިސްކިތްތައް ތަޅައި މިސްކިތްތަކަށް ވަދެގަނެ ކީރިތި ޤުރުއާނުގެ މުޞްޙަފްތައް އަންދައި ހަދަމުން ގެންދާއިރު މިކަންކަމާ ދެކޮޅަށް މުސްލިމް ޤައުމުތައް މަސައްކަތް ނުކުރާ ނަމަ އިސްލާމީ އުންމަތުގެ ބޭނުމަކީ ކޮބައިކަމާއިމެދު އެމީހުން ސުވާލު އުފައްދައެވެ! 

(މިއީ މިއަދުނޫހަށް ނިޔުދިއްލީން ޔައްޤޫބް ޚާން ދީފައިވާ މައުލޫމާތުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ.)

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް