އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުދާ ބަލައި ފާސްކުރުމުގަ ކަސްޓަމްސްގެ އަންހެން މުވައްޒަފުން ހަރަކާތްތެރިވާން ފަށައިފި!

މުދާ ބަލައި ފާސްކުރުމުގަ ކަސްޓަމްސްގެ އަންހެން މުވައްޒަފުން ހަރަކާތްތެރިވާން ފަށައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 18 ސިކުންތު

ކޮމާޝަލް ބަނދަރުތަކުގައި މުދާ ބަލައި ފާސްކުރުމުގެ މަސައްކަތުގައި ކަސްޓަމްސްގެ އަންހެން މުވައްޒަފުން ހަރަކާތްތެރިވާން ފަށައިފިއެވެ. 

މުދާ ބަލާފާސްކޮށް ދޫކުރުމުގެ ދާއިރާގައި، ދެ ޖިންސްގެ މެދުގައި ޒަމާނުއްސުރެ އޮތް މި ތަފާތު ނައްތާލައި، މި ކަން އިފްތިތާޙްކޮށްދެއްވީ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކަސްޓަމްސް ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޞިލާ ޢާއިޝަތު މުޙައްމަދުދީދީއެވެ. 

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ކަސްޓަމްސްގައި މިއަދު ބޭއްވުނު ޚާއްޞަ ޙަފްލާގައި، ދުވަހުގެ ޝިއާރު ގެ ގޮތުގައި ކަނޑައެޅިފައިވާ "ޖީލުގެ ހަމަހަމަކަމަށް އަހަރެން: އަންހެނުންގެ ހައްޤުތައް ދެނެގަތުން" މި މަޢުޟޫއަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވިގޮތުގައި، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކަސްޓަމްސްގެ އަންހެން މުވައްޒަފުންނަށް ތަފާތު ކުރެމެއްނެތި މުދާ ދޫކުރުމުގެ މަސައްކަތް ކުރެވޭ ގޮތަށް ކަސްޓަމްސްއިން ނިންމި ނިންމުމަކީ މިންތީގެ ތަފާތު ކުރުންތައް ނައްތާލުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ. އެހެންކަމުން، މި ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށްޓަކައި ކަސްޓަމްސްގެ ހުރިހާ ފަރާތްތަކުން މަސައްކަތް ކުރުމަށް ބާރުއެޅުއްވިއެވެ. އަދި ކަސްޓަމްސްއިން އިސްނަގައިގެން މިފެށި މަސައްކަތް ނަމޫނާއެއްގެ ގޮތުގައި ބަލައި، އެހެން އިދާރާތަކުންވެސް މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އިތުރު މަސައްކަތްތައް ކުރުމަށް ޖެންޑަރ މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ. 

މިއަދު ބޭއްވުނު ޙަފްލާގައި ކަސްޓަމްސްގެ ފަރާތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފު ދެއްކެވި ވާހަކަފުޅުގައި، މުދާ ދޫކުރުމުގެ މަސައްކަތުގައި އަންހެން އޮފިސަރުން ރަސްމީކޮށް ހަރަކާތްތެރިވާން ފެށުމުން ކަސްޓަމްސް ދާއިރާއިން މިހާތަނަށް ނުލިބި ހުރި ގިނަގުނަ ފުރުޞަތުތަކެއް އެ އޮފިސަރުންނަށް ހުޅުވިގެންދާނެކަމަށް ވިދާޅުވިއެވެ. މިގޮތުން، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދެވޭ ދާއިރާއާއި ގުޅުންހުރި ތަމްރީނުތަކުގައި ބައިވެރިކުރުމާއި، އަދި ކެރިއަރ ޕާތުގެ ތެރެއިން މަތީ ހަރުފަތްތައް ގިރާކުރުމަށް ހުރި ފުރުޞަތުތައް ފުޅާވެގެން ދާނެކަމަށް ފާހަގަކުރެއްވިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފްރަންޓްލައިން ވަޒީފާތަކުގައި ޙަރަކާތްތެރިވާ އަންހެނުން ހިފަހައްޓާ މޯރަލް ވެލިއުސްތައް ފިރިހެނުންނަށްވުރެ ރަގަޅުކަމަށް ބައެއް ދިރާސާތަކުގައި ފާހަގަކޮށްފައިހުންނަ ކަމަށް ވިދާޅުވެ، މި ފެށުނު މަސައްކަތުގެ ސަބަބުން ސަރުކާރުގެ ޒީރޯ-ޓޮލެރެންސް ސިޔާސަތަށް ކަސްޓަމްސް ބައްޓަންކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުން ލިބޭނެކަމަށް ވިދާޅުވިއެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް