އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްހިފަން މޫދަށް ފޭބި ސިފައިންގެ މީހަކު ނިޔާވެއްޖެ!

މަސްހިފަން މޫދަށް ފޭބި ސިފައިންގެ މީހަކު ނިޔާވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 31 ސިކުންތު

އެނބޫދޫ ފަރުމައްޗަށް މަސް ހިފަން ދަގަނޑެއް ހިފައިގެން މޫދަށް ފޭބި ސިފައިންގެ މީހަކު ނިޔާވެއްޖެއެވެ.

މިހާދިސާގައި ނިޔާވެފައިވަނީ ސްޓާފް ސާޖެންޓް ޔައުގޫބް އަހުމަދު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި، ޔައުގޫބު ފެނިފައިވަނީ ގެއްލިގެން ހޯދަމުން ދަނިކޮށް ކަނޑުގެ 20 މީޓަރު އަޑިންނެވެ.

ޔައުގޫބްގެ ހަށިގަނޑު މިހާރު މާލެ ގެނެވިއްޖެ ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.

މިއަދަކީ ޔައުގޫބްގެ އޮފް ދުވަސްކަމުން އޭނާ ފީނަން ދިޔައީ ކަމަށާއި ހާދިސާ ދިމާވީ ފީނުމުގެ ތެރޭގައި ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

މާތް ﷲ މަރްހޫމްގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާށި އާމީން. އަދި މިފަދަ ހިތްދަތި ދަނޑިވަޅެއްގައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.

 

إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ