އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަންދު ދުވަސްތަކުގައި ކޮންމެހެން ބޭނުންވާ ޚިދުމަތްތައް ލިބޭނެ: ކަސްޓަމްސް

ބަންދު ދުވަސްތަކުގައި ކޮންމެހެން ބޭނުންވާ ޚިދުމަތްތައް ލިބޭނެ: ކަސްޓަމްސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

ކޮރޯނާ ވައިރަހުގެ ސަބަބުން ހަފްތާއަކަށް ސަރުކާރު ބަންދު ނަމަވެސް ކޮންމެހެން ބޭނުންވާ ޚިދުމަތްތައް ލިބޭނެކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ކަސްޓަމްސް އިން ދެމުން އަންނަ ހިދުމަތްތައް މެދުނުކެނޑި ދިނުމަށް ކޮންމެހެން ބޭނުންވާ ސެކްޝަންތައް ފިޔަވައި އެ މުއައްސަސާގެ އެހެން ސެކްޝަންތައް މާދަމާ އިން ފެށިގެން ބަންދުވާނެ ކަމަށެވެ.  އަދި މީގެއިތުރުން މާދަމާ އިން ފެށިގެން އެ މުއައްސަސާގެ ސެކްޝަންތަކުން ހިދުމަތްދޭނެ ގަޑިތައް ވެސް ވަނީ އާންމުކޮށްފައެވެ.

ހިދުމަތް ދޭނެ ސެކްޝަންތަކާއި ހިދުމަތްދޭނެ ވަގުތުތައް ދުވަހާއެކު:

  •  އެއާކާގޯ ޑޮކުމެންޓޭޝަން އަދި އެއާކާގޯ އެގްޒަމިނޭޝަން - ހެނދުނު 6:00 އިން މެންދަމު 1:30 އަށް (ހަފްތާގެ ހުރިހާ ދުވަހަކު)
  •  ސީކާގޯ ޑޮކިއުމެންޓޭޝަން އަދި ސީކާގޯ އެގްޒަމިނޭޝަން - ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށް (ހުކުރުދުވަސް ބަންދު)
  •  ސީޕޯޓް ސާވެއިލްންސް އެންޑް އިންޓާޑިކްޝަން - ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށް (ހަފްތާގެ ހުރިހާ ދުވަހަކު)
  •  ހުޅުމާލެ ޑޮޮކިއުމެންޓޭޝަން އަދި ހުޅުމާލޭ ސީކާގޯ އެގްޒަމިނޭޝަން - ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށް (ހުކުރުދުވަސް ބަންދު)
  •  ބޮންޑެޑް ވެއާހައުސް ޑޮކިއުމެންޓޭޝަން އަދި އެގްޒަމިނޭޝަން - ހެނދުނު 07:30 އިން ހަވީރު 16:00 އަށް (ހުކުރުދުވަސް ބަންދު)
  •  ކ. ތިލަފުށި ކަސްޓަމްސް - ހެނދުނު 8:30 އިން ރޭގަނޑު 14:30 އަށް (ހުކުރުދުވަސް ބަންދު)
  •  ސ. ގަން ކަސްޓަމްސް - ހެނދުނު 7:30 އިން ހަވީރު 15:00 އަށް (ހުކުރުދުވަސް ބަންދު)
  •  ޕެސެންޖާ ކްލިއަރެންސް ސެކްޝަން - 24 ގަޑިއިރު (ހަފްތާގެ ހުރިހާ ދުވަހުކު)
  • ހާބާ މެނޭޖްމަންޓް ސެކްޝަން - ކަނޑުގެ އުޅަނދު ފަހަރަށް އިންވާޑް ކްލިއަރެންސް ދޭންޖެހޭ ހާލަތްތަކުގައި ހިދުމަތް ލިބޭނެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން މާދަމާއިން ފެށިގެން ހަފްތާއެއްހާ ދުވަހުގެ މުއްދަތަކަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު