އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ އަށް އީމާންވާ މުއުމިނުން ނިކަމެތި ނުކުރައްވަވާނެ ކަމުގެ ވަހީ ބަސްފުޅު އެބައޮތް! ދުޢާ ކުރުން ގިނަކުރޭ!: ޑރ. ޝަހީމް

ﷲ އަށް އީމާންވާ މުއުމިނުން ނިކަމެތި ނުކުރައްވަވާނެ ކަމުގެ ވަހީ ބަސްފުޅު އެބައޮތް! ދުޢާ ކުރުން ގިނަކުރޭ!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 57 ސިކުންތު

ޑރ. ޝަހީމް މިރޭ ކުރެއްވި ވީޑިއޯ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޔޫނުސްގެފާނު މަހެއްގެ ބަނޑުގައި، އަޅައިލާނެ އެއްވެސް މީހަކު ނެތި، ގިނިކަންޏާ އެކަނު އަނދިރީގައި އޮންނަވައިގެން ކުރެއްވެވި ދުއާ، ދެންނެވި މުނާޖާ ﷲ ތަޢާލާ ވަގުތުން އިޖާބަކުރެއްވެވި ކަމަށެވެ. އަދި ކޮންމެ މުއުމިނަކުވެސް އެފަދައިން އިޚްލާޞްތެރިވެ ދުޢާ ދެންނެވުމުން ﷲ ތަޢާލާ އިޖާބަކުރައްވަވާނެ ކަމަށެވެ. އިން ޝާ ﷲ  

ޑރ. ޝަހީމް ވިދާޅުވީ ﷲ ތައާލާ އަށް އީމާންވާ މުއުމިނުން ﷲ ތައާލާ ނިކަމެތި ނުކުރައްވަވާނެ ކަމަށެވެ. އެކަން ﷲ ތަޢާލާގެ ވަޙީ ބަސްފުޅުން އެނގެން އެބައޮތްކަމަށެވެ. 

"ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަ ދެއްވީމެވެ. އަދި ދަތިކަމާއި، މޮޅިވެރިކަމުން އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި އެފަދައިން ތިމަންރަސްކަލާނގެ މުއްމިންތަކުން ސަލާމަތްކުރައްވަވަމެވެ." (ޔޫނުސް 88) 

"އަޅުގަނޑުމެން އެންމެންނަށް މިއަދު ކުރިމަތިވެފައިވާ ވަބާއަކީ އެއިގެ ކުރިމަތީގައި މުޅި އިންސާނިއްޔަތު ނިކަމެތިވެފައިވާ މައްސަލައެއް. މިބާވަތުގެ މުޞީބާތްތައް ކުރިމަތިވުމަކީ ފިޠުރަތުގެ ޤާނޫނުގެ ތެރެއިން ހިނގާ ކަންތައްތަކެއް! މިކަންކަން ކުރިމަތިވުމުގެ ފަހަތުގަ ވެސް ވަރަށް މަތިވެރި ޙިކުމަތްތަކެއްވޭ! 

އިންސާނުންނަށް އެމީހުންގެ ނިކަމެތިކަން އިޙްޞާޞްވާން ޖެހޭ ވަގުތު އަންނާނެ. އެމީހުންގެ ވެރި ރަސްކަލާނގެ މަތިން އެމީހުން ހަނދާންކުރާނެ ވަގުތު އަންނާނެ. މިއީ އެފަދަ ވަގުތެއް. އިންސާނާ ބޮޑާވެ ފަޚުރުވެރިވެގެން ދިއައިމަ އޭނާގެ އަބްލު ޙާލަތު ތަޞައްވަރުކުރަން ޖެހޭ ވަގުތު އަންނާނެ." 

ޑރ. ޝަހީމް ވަނީ ޠޯޢޫން ބަލިފެތުރުގޮތާއި މުސްލިމުންނަށް ލިބުނު ގެއްލުންތައް ބަޔާންކޮށްދެއްވަވައިފައެވެ. އެބަލީގައި ގިނަ އަދަދެއްގެ މުސްލިމުންނާއި މުސްލިމުންގެ އިސް އެތައް ބޭކަލުން ޝަހީދުވިކަން ބަޔާންކުރައްވައިފައެވެ. އަދި ބަލިތަކުން އަރައިގަތުމަށް ރަސޫލް (ޞޢވ) ޙަދީޘްފުޅުކުރައްވަވާފައިވާ މަގުން ސަބަބުތަކުގައި ހިފަހައްޓައިގެން މަސައްކަތްކުރުމަށްވެސް އިލްތިމާސް ކުރައްވައިފައެވެ.   

ގުޅުންހުރި ވީޑިއޯ:

https://www.facebook.com/Dr.MShaheem/videos/138781564204202/

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް