އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުފްތީ މެންކުގެ ޚާއްޞަ އިލްތިމާސަކާއި ކޮރޯނާ ވައިރަސްގެ މިހާލަތުގަ ކުރެވިދާނެ ދުޢާއެއް!

މުފްތީ މެންކުގެ ޚާއްޞަ އިލްތިމާސަކާއި ކޮރޯނާ ވައިރަސްގެ މިހާލަތުގަ ކުރެވިދާނެ ދުޢާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

"ޔާ ﷲ! އަޅަމެންގެ ފާފަތައް ފުއްސަވައި ދެއްވަވައި އަޅަމެންނަށް ކުރިމަތިލާން ޖެހިފައިވާ ހާސްވުމާއި ކަންބޮޑުވުންތަކުން އަޅަމެން ސަލާމަތްކޮށްދެއްވަވާނދޭވެ! ގަދަކޮޅިގަނޑެއް ފެތުރެމުންދާ ފަދައިން ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވައި ދެއްވަވައި  އަޅަމެން ސަލާމަތްކޮށްދެއްވަވާނދޭވެ! ބަލީގައި ތިބި މީހުންނަށް ޝިފާ މިންވަރުކޮށްދެއްވަވައި އެމީހުންގެ ހިތްތަކަށް ހަމަޖެހުން މިންވަރުކޮށްދެއްވަވާނދޭވެ! މީސްތަކުންނަށްޓަކައި ކޮށްދެވިދާނެ ހެޔޮ ކަންކަން ދެެނގަތުމުގެ ކުލަދާނަކަން އަލަމެންނަށް ދެއްވަވާނދޭވެ!" –މުފްތީ މެންކް 

މުފްތީ މެންކްގެ އިލްތިމާސެއް! 

"މިއީ ނުކުމެ އިންސާނިއްޔަތަށްޓަކައި ޚިދުމަތްކުރަންވީ ވަގުތެވެ. ހުރިހާ ކަމަކީ ތިބާ ކަމަށް ނުދެކޭށެވެ! ތިބާ އާއި ތިބާގެ ޢާއިލާ އާއިމެދުވެސް ދެކާ ފަދައިން އެހެން މީހުންނާއި، ރައްޓެހި ރަޙްމަތްތެރިންނާއި އަދި ގާތްތިމާގެ އެންމެންމާއިމެދުވެސް ދެކޭށެވެ! އަވަށްޓެރިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބޯހިޔާވަހިކަން ނެތް މީހުންނާއިމެދުގައިވެސް ހަމަ އެގޮތަށް ދެކޭށެވެ. 

މިއީ ދިގު ލިސްޓެކެވެ. ނިންމެން އޮތް ލިސްޓެއް ނޫނެވެ. އެންމެންނަށްޓަކައި ވެސް ތިބާގެ ހިތުގެ ދީލަތިކަން ފޯރުކޮށްދީ އެހީތެރިވެދެވެން އޮތް ކޮންމެ ކަމެއްގައިވެސް އެހީތެރިވެދޭށެވެ!"

- މުފްތީ މެންކް

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް