އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާ އާ ގުޅިގެން ރާއްޖެއިން އެދިފައިވާ އެހީ ފޮނުވާނެ މަގެއް ހޯދުމަށް ދަނީ މަސައްކަތްކުރަމުން: ޗައިނާ ސަފީރު

ކޮރޯނާ އާ ގުޅިގެން ރާއްޖެއިން އެދިފައިވާ އެހީ ފޮނުވާނެ މަގެއް ހޯދުމަށް ދަނީ މަސައްކަތްކުރަމުން: ޗައިނާ ސަފީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 އާއި ގުޅިގެން ދިވެހި ސަރުކާރުން ޗައިނާ ސަރުކާރުގެ ކިބައިން އެދިފައިވާ އެހީ ފޮނުވާނެ މަގެއް ހޯދުމަށް މަސައްކަތްކުރަމުން ދާކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން ޗައިނާ ސަފީރު ޖަންގް ލިޖޮންގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ސަރުކާރުން ޗައިނާ ސަރުކާރުގެ ކިބައިން އެދިފައިވާ އެހީ ފޮނުވުމަށް ތައްޔާރުވެފައިވާ ކަމަށާއި އެހީ ފޮނުވާނެ މަގެއް ހޯދުމަށް މަސައްކަތްކުރަމުން ދާކަމަށެވެ. އަދި ރާއްޖެއަށް އެހީ ފޮނުވުމަށް ދަތިވަނީ އެކަށީގެންވާ ރޫޓެއް ނެތުމުން ކަމަށެވެ.

ކޮރޯނާ އާ ގުޅިގެން ރާއްޖެ އާއި ޗައިނާ އާ ދެމެދު ވައިގެ ދަތުރުފަތުރު ވަގުތީ ގޮތުން މެދުކަނޑާލާފައިވުމާއި ބައިނަލްއަގުވާމީ ގިނަ ފްލައިޓްތައް ވެސް ހުއްޓާލާފައި އޮތުމުން ރާއްޖެއަށް ޗައިނާއިން މުދަލާއި މީހުން ގެނައުމަށް ގިނަ ހުރަސްތަކެއް މިހާރު ވަނީ ކުރިމަތިވެފައެވެ. 

ޗައިނާގައި ކޮރޯނާ ވައިރަސް ފެތުރެން ފެށުމުން ރާއްޖެއިން ވަނީ ޗައިނާގެ ރައްޔިތުންނަށް އެހީވުމަށް 1 މިލިއަން މަސްދަޅު ހަދިޔާކޮށްފައެވެ.

ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެފައިވަނީ ޗައިނާ އިން އެހީއަށް ބޭނުންވި ވަގުތު ދިވެހިން އެހީވެދިން ކަމަށާއި، ދިވެހިންނަށް އެހީވާން ޗައިނާ އޮންނާނީ ތައްޔާރަށް ކަމަށެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު