އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާގެ ބިރުވެރިކަން!: ބައްޕަ އެޑްމިޓްކުރިވަގުތުން ފެށިގެން ލޮލަށް ނުފެނު ތަނުގައި މަރުވުމުން މޫނުވެސް ނުފެނުނެވެ!

ކޮރޯނާގެ ބިރުވެރިކަން!: ބައްޕަ އެޑްމިޓްކުރިވަގުތުން ފެށިގެން ލޮލަށް ނުފެނު ތަނުގައި މަރުވުމުން މޫނުވެސް ނުފެނުނެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

އަރިދަފުސް ރޯގާއެއް ޖެހުމުން އަހަރެންގެ ބައްޕަ ގޮވައިގެން ހޮސްޕިޓަލަށް ދިއައީ ޑޮކްޓަރަށް ދައްކައިލާފަ ބޭސް ނަގައިގެން އެނބުރި ގެއަށް އައުމުގެ އުންމީދުގައެވެ. އެއްވެސް ބޮޑު ކަމެއް މެދުވެރިވެދާނެ ކަމަށް ވިސްނިފައެއް ވެސް ނެތެވެ.

ޑޮކްޓަރަށް ދެއްކުމުން ބައެއް ޓެސްޓްތައް ހަދައިލަން ބޭނުންވާ ކަމަށް ބުނެ އެޑްމިޓްކުރިއެވެ. ދުވަސްވަރުގެ ގޮތުން އެޑްމިޓްކުރީ އަހަރެމެންނަށް ވެސް ނުވަދެވޭ ވޯޑެއްގައެވެ. އެއް ދުވަސްފަހުން އެނގުނީ ބައޕަ ވަނީ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިކަމެވެ.  

އެހިސާބުން ބައްޕަ އާއި ބައްދަލުކުރުމުގެ ފުރުޞަތު އެކުގައި ބަންދުވެގެންދިއައެވެ. ހެޔޮ ދުޢާކުރުން ނޫނީ ކުރެވޭނެ އެއްވެސް ކަމެއް ނެތުނެވެ.  

10 ވަރަކަށް ދުވަސްފަހެވެ. ހޮސްޕިޓަލުން މެސެޖްކޮށްފައި ބުނީ ބައްޕަ ނިޔާވެއްޖެ ކަމަށެވެ. އަދި ބައްޕަގެ މޫނުވެސް ދެއްކެން ނެތް ކަމަށެވެ. ޖަނާޒާގައިވެސް ބައިވެރި ނުވެވޭނެ ކަމަށެވެ! އެއިގެ 1 ދުވަސްފަހުން ބުނީ ޖަނާޒާގެ ކަންކަން ފުރިހަމަކުރެވިފައިވާ ވާހަކައާއި ވަޅުލެވިފައި އޮތްތަނެވެ.

އަހަރެންނަކަށްވެސް އަހަރެންގެ ޢާއިލާގެ މީހކަށްވެސް ކޮރޯނާއެއް ނުޖެހެއެވެ. ޓެސްޓްތައް ނެގަޓިވްއެވެ. ނަމަވެސް ނިކަން ބުނެބަލާށެވެ! ކޮރޯނާ އެވަނީ އަހަރެންނާއި ޢާއިލާ ދިރިތިއްބައި މަރާލާފައި ނޫން ހެއްޔެވެ؟  

އަހަރެންނަށް ކުރިމަތިލާންޖެހުނު މިހާދިސާ މިކިޔައިދިނީ ކޮރޯނާ ވައިރަސް އަކީ ކިހައި ނުރައްކާތެރި ބައްޔެއްކަން ނުވިސްނޭ މީހުން އަދިވެސް ތިބުމުންނެވެ! ބިރުވެގަންނާށެވެ! މިއީ އާދައިގެ ކަމެއް ނޫނެވެ! ވަރަށް ބޮޑު ބިރުވެރި ކަމެކެވެ!

(މިއީ ކޮރޯނާ ޖެހޭ އެތައް ހާސް ބައަކު މިއަދު ކުރަމުން ގެންދާ ތަޖުރިބާތަކެވެ! ބަލި ނުޖެހި ސަލާމަތްވުމަށް އެމީހަކަށް ކުރެވެން އޮތް ކަމެއް ނުކޮށް އިހްމާލް ނުވާށެވެ!) 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް