އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

3 ޙަރަމްފުޅު އެކުގަ ހުއްޓުމަކަށް އައުމަކީ ކުޑަކަމެއް ކަމަށް ދެކެނީ ހެއްޔެވެ؟ އެއީ ބިރުހުރި އިންޒާރެކެވެ!

3 ޙަރަމްފުޅު އެކުގަ ހުއްޓުމަކަށް އައުމަކީ ކުޑަކަމެއް ކަމަށް ދެކެނީ ހެއްޔެވެ؟ އެއީ ބިރުހުރި އިންޒާރެކެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

މައްކާގެ ޙަރަމްފުޅާއި މަދީނާގެ ހަރަމްފުޅާއި އަދި މަސްޖިދުލްއަޤްޞާ މިވަގުތު އެހުރީ ހަމަ ހުއްޓުމަކަށް އައިސްފައެވެ. ކޮންމެ ދުވަހަކު އެތައް ހާސް ބައަކު ނަމާދުކޮށް ޠަވާފްކޮށް އެހެން އަޅުކަންތައް ވެސް އައީ ކުރަމުންނެވެ. ނަމަވެސް މިއަދުގެ ޙާލަކީ ކޮބައިހެއްޔެވެ؟ މަދު ބައަކަށް އަޅުކަންކޮށްލުމުގެ ފުރުޞަތު ލިބުނު ނަމަވެސް 3 ޙަރަމްފުޅު އެހުރީ ހުއްޓުމަކަށް އައިސްފައި ނޫންހެއްޔެވެ؟

ނުރައްކާތެރިކަން ބޮޑުވުމުން މައްކާ އާއި މަދީނާގެ ޙަރަމްފުލުގައި މީސްތަކުން ސަޖިދަކުރަމުން އައި ދޫލަތައްވެސް އެވަނީ ނަގަން ޖެހިގެން ނަގައިފައެވެ.

މީސްތަކުންނޭވެ! ކޮރޯނާ ވައިރަސް، ކޮވިޑް19، ޗައިނާ ބަލި، އެމެރިކާ އުފެއްދި ވައިރަސް މިހެން ގޮސް އެމީހަކަށް ކިޔަން ފެންނަ ކޮންމެ ނަމެއް ކީނަމަވެސް މިޔަނީ ހަަމ ލޮލަށް ނުފެންނަ ކުޑކުޑަކުޑަ ވައިރަސްއެއްގެ ވާހަކައެވެ. ޢާންމުކޮށް މިބޭނުންކުރާ ސާރިޖިކަލް މާސްކްތެރެއިންވެސް ފުރޭނބިގެން ދެމިގަންނަ ކުޑަކުޑަ ވައިރަސް އެއްގެ ވާހަކައެވެ.

ވިސްނައިލަންވީ އެބާރުގަދަ ނަމްރޫދު ނިކަމެތިކޮށްލައްވަވަން އިރާދަ ކުރެއްވެވި ހިނދު ފޮނުއްވެވި ކުޑަކުޑަ މަދިރީގެ ސައިޒަށެވެ! ޤަބޫލުކުރަންވީ ޢުޤޫބާތެއް ބައަކަށް މިންވަރު ކުރައްވަވަން ބޭފުޅުވެވޮޑިގެންފިނަމަ ބޮޑެތި ބިޔަ ބަރުހަތިޔާރުތަކަށް ބޭނުންފުޅުވެ ވޮޑިގެން ނުވާ ކަމެވެ. ބޮންތަކާއި ނިޔުކްލިއަރު ހަތިޔާރަށް ބޭނުންފުޅުވެވވޮޑިގެން ނުވާނެ ކަމެވެ.

މީސްތަކުންނޭވެ! މިފަދަ ކޮންމެ ކަމަކީ ވިސްނައި ފިކުރުކުރާ މީހަކަށް އެތައް ހާސް ޢިބްރަތްތެރި ފިލާވަޅުތަކެވެ! ވިސްނައި ފިކުރުކޮށް އަވަހަސް ތައުބާވާށެވެ! ތިމާމެންގެ ކިބައިގައި އެއްވެސް އާރެއް ބާރެއް ނެތްކަން ޤަބޫލުކޮށް ހުރިހާ ބާރުތަކެއްގެ މިލްކުވެރިކަން ލިބިވޮޑިގެންވާ ﷲ ތަޢާލާގެ މަގަށް ރުޖޫޢަވުން އަވަސްކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Can wearing a medical face mask protect you against the new coronavirus? It's a question many people are asking, including pet owners who are putting canine face masks on their dogs.

If it's a regular surgical face mask, the answer is no, Dr. William Schaffner, an infectious disease specialist at Vanderbilt University in Tennessee, told Live Science.

A more specialized mask, known as an N95 respirator, can protect against the new coronavirus, also called SARS-CoV-2. The respirator is thicker than a surgical mask, but neither Schaffner nor the Centers for Disease Prevention and Control (CDC) recommend it for public use, at least not at this point.

އާރޓިކަލް ރޭޓްކުރައްވާ


28%
ވ.ރަނގަޅު
12%
ރަނގަޅު
28%
އޯކޭ
31%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް