އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުފްތީ މެންކަށް ކޮރޯނާއަށް ވެދާނެ ޢަލާމާތެއް ފެނިވަޑައިގަތުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވައި ޚާއްޞަ އިލްތިމާސްތަކެއް ކުރައްވައިފި!

މުފްތީ މެންކަށް ކޮރޯނާއަށް ވެދާނެ ޢަލާމާތެއް ފެނިވަޑައިގަތުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވައި ޚާއްޞަ އިލްތިމާސްތަކެއް ކުރައްވައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު

ކޮރޯނާ ބަލި ކަމަށްވެދާނެ ޢަލާމާތެއް ފެނިވަޑައިގަތުމުން އިމާމް މުފްތީ މެންކް އަމިއްލަފުޅަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވައި އަދި އެންމެންނަށް ވެސް ގޭގައި މަޑުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރައްވައިފިއެވެ.

މުފްތީ މެންކް ވިދާޅުވީ އޮސްޓްރޭލިއާއަށް ކުރެވިދަތުރުފުޅުން އެނބުރި ވަޑައިގެންނެވިތަނާ ކަރުފުޅު ހިރުވުން ފެށިފައިވާ ކަމަށެވެ. އެހެންކަމުން ޢާއިލާ އާއި އެކަހެރިވެވަޑައިގެންނެވި ކަމަށާއި މައިންބަފައިންނާއި ބައްދަލުކުރެއްވީވެސް ދުރުގައި ހުންނަވައިގެން ކަމަށެވެ. އަދި ހުކުރު ދުވަހު އިމާމްވެ ހުކުރު ކުރައްވަން ވެސް އޮތީ އޭނާ ކަމަށާއި ނަމަވެސް މިސްކިތަށް ވަޑައި ނުގަންނަވާ ގޭގައި ނަމާދުކުރެއްވީ ކަމަށެވެ.

"ބޭނުމެއް ނޫން އެހެން މީހެއްގެ ސަބަބުން ބަލި ޖެހޭކަށްވެސް. އަދި އެހެން މީހަކަށް އަހަރެންގެ ކިބައިން ބަލި ޖެހޭކަށްވެސް."

މުފްތީ މެންކް ވިދާޅުވީ މިވަގުތު މުހިންމީ ޢަލާމާތްތައް ފެންނަން ހުރިކަން ބެލުން ކަމަށާއި އެކަމަށް ބެލުމަކީ ވަރަށް މޮޔަ ކަމެއް ކަމަށެވެ. "މިއީ (ފުރަތަމަ) މާގިނަ ޢަލާމާތްތައް ފެންނަ ކަމެއް ނޫން. ޢަލާމާތްތައް ފެންނައިރު އޮންނަނީ މާބޮޑަށް ލަސްވެފަ. ވީމާ މުހިންމީ ގޭގަ މަޑުކުރުން. ބޭރަށްދާންޖެހިގެންދާނަމަވެސް އަނގަ އާ ނޫފަތާ ލޯރައްކާތެރިކުރަން ޖެހޭނެ."

"މިބަލީގަ ފުރަތަމަ ފެންނަނީ ވަރަށް އާދައިގެ ކަންތައް ތަކެއް. ކަރަށް އުނދަގޫވުން. ކަރު ހިރުވުން. މަޑުމަޑުން ހުން އައުން. މިބަލި ޖެހިފައިވާ ރައްޓެއްސަކު ބުނީ ގޭގަ މަޑުކުރުމުން ލިބިދާނެ މާލީ ގެއްލުމަކަށް ނުބެލުމަށް. މިހާރުވެސް މިވަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައި ކަމަށް. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުން މިހާރު އެބުނަނީ އެމީހުންނަށް ކަންކަން ކުރަންވީ ގޮތަށް ނުކުރެވޭ ވާހަކަ. މީގެ ދެތިން ހަފްތާފަހުން 3 ވަނަ ދުނިޔޭގެ ޤައުމުތަކުން ތިމަންނަމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމެއް ނުތްކަމަށް ބުނާ އަޑު އަހަން ބޭނުމެއް ނޫން. އެކަން ވެގެންދާނީ މުޅިން ތަފާތު ގޮތަކަށް."

މުފްތީ މެންކް ވިދާޅުވީ މިސްކިތްތައް ބަންދުކޮށްގެން ނުވާނެ ކަމަށާއި ނަމަވެސް ޖަމާޢަތުގައި ނަމާދުކުރުން މިވަގުތު ހުއްތާލަން ޖެހޭނެ ކަމަށެވެ. "މިހެންބުނާއިރުވެސް އެނގޭ ޖަމާއަތުގައި ނަމާދުކުރަން އާދަވެފައި ތިބި އުމުރުން ދުވަސްވީ މީހުންނަށް މިވާހަކަ ޤަބޫލުކުރަން އުނދަގޫތަކެއް ހުންނާނެކަން. ނަމަވެސް އެންމެ ބޮޑަށް ސަމާލުކަން ދޭންވީ އެމީހުން. މިސްކިތްތައް ހުޅުވިތޯ ނޫނީ ބަންދުކުރިތޯއެއް ނޫން ބަލަންވީ. ގޭގައި އެމީހުންގެ ލޯބިވާ މީހުންނާއެކު މަޑުކުރަންވީ. އެންމެ ނުރައްކާތެރިކަން ބޮޑީ އެމީހުންނަށް. މިއީ ގޭގައި ޖަމާއަތުގަ ނަމާދުކުރންވީ ވަގުތު."

މުފްތީ މެންކް ވިދާޅުވީ ގޭގައި މަޑުކުރަން ބުނުމުން އުމުރުން ދުވަސްވީ މީހުންނަށް އަދި އެންމެންނަށްވެސް އުނދަގޫތަކެއް ހުންނާނެ ކަމަށާއި ގަދަކަމުން "ކާފިޔު" ހިންގައިގެން ނަމަވެސް އެމީހުން ގޭގައި ހިފެހެއްޓުމަށެވެ. ވޫހާން ސިޓީގައި ވެސް ޖެހުނީ ގަދަ އަމުރު ހިންގައިގެން މީހުން ހިފަހައްޓަން ކަމަށެވެ.

"މަރުވެދާނެތީ ބިރުގަތުމެއް ނެތެވެ. މިއަދު މަރުނުވި ނަމަ ފަހުން ނަމަވެސް މަރުވާނެ ކަމަށެވެ. ދުޢާކުރަންވީ މަރުވުމުން ޖަންނަތުލްފިރުދައުސްގައި ލައްވަވައި ދެއްވެވުން އެދިއެވެ." --މުފްތީ މެންކް

މުފްތީ މެންކަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރަމުއެވެ! މިދުޢާގައި ބަލި ހާލުގައި ތިބި އެންމެން ވެސް ޝާމިލުކުރަމުއެވެ! އާމީން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް