އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޯނު ދައްކަން ނުޖެހޭ މުއްދަތަށް ނަމަވެސް ކުލިކުޑަކުރަންވީ ސަރުކާރުގެ އަމުރަކަށް ނޫނެވެ! ﷲ އަށްޓަކައެވެ! ނުކުރާނަމަ އެޅޭނެ ފިޔަވަޅު އެބަހުރި!

ލޯނު ދައްކަން ނުޖެހޭ މުއްދަތަށް ނަމަވެސް ކުލިކުޑަކުރަންވީ ސަރުކާރުގެ އަމުރަކަށް ނޫނެވެ! ﷲ އަށްޓަކައެވެ! ނުކުރާނަމަ އެޅޭނެ ފިޔަވަޅު އެބަހުރި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

މުޞިބާތެއްގައިވާ މީހަކަށް ނުވަތަ ބައަކަށް އެހީތެރިވެދިނުމަކީ އެކަމުގެ ސަބަބުން އެމީހަކަށް ﷲ ތަޢާލާގެ ހެޔޮ ރަޙްމަތް އޮހިގެންދާނެ ކަމެކެވެ. ރައްޔިތުން މިވަގުތު މިތިބީ މިހައިތަނަށް ކުރިމަތިވި އެންމެ ބޮޑު މުޞިބާތުގައެވެ.

ސިވިލްސަރވަންޓުންގެ އަސާސީ މުސާރަ ކުޑަ ނުކުރި ނަމަވެސް ގޭގަ ބަންދުވުމުގެ ކުރިންވެސް ވަނީ އިތުރު ގަދީގައި މަސައްކަތްކުރުވުން ހުއްޓާލައިފައެވެ. އެކަމުން ލިބޭ އާމްދަނީ ލިބުން ހުއްޓިފައެވެ. އަމިއްލަ ފަރާތްތަކަށް މުސާރަ ކުޑަކުރުން ނޫން ގޮތެއް ނެތެވެ. ފަތުރުވެރިކަން ހުއްޓުމަކަށް އައީއެވެ. ހުކުރު ދުވަހަކީ އެންމެ ފަތުރުވެރިއަކުވެސް ނާންނަ ދުވަހެކެވެ. ޢާންމު ވިޔަފާރިތައް މިހާރުވެސް ވަނީ 40 އިންސައްތަ ދަށްވެފައެވެ. ކުރިއަށް އޮތް މަސް ނިމޭއިރު 06 އިންސައްތައަށްވުރެ މަތިން ދަށްވާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

ކުއްޔަށް ދީފައިވަނީ މީސް މީހުންގެ އަމިއްލަ ތަންތަނެވެ. ވީމާ ސަރުކާރަށް ކުލި ކުޑަކުރަން ސީދާ އަމުރެއް ކުރުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ. ސަރުކާރުން މިހާރުވެސް އެވަނީ ގެދޮރު އަޅަން ނެތި ލޯނުތައް 6 މަސް ދުވަހަށް ފަސްކޮށްދީފައެވެ. ވީމާ އެ މުއްދަތަށް ނަމަވެސް ކުލި ކުޑަކޮށްދިނުމަކީ ލޯނު ނަގައިގެން ގެދިރު އަޅައިގެން ތިބި މީހުންނަށް އެއްވެސް ތަކްލީފަކަށް ވާނަޖެހޭނެ ސަބަބެއް ނެތެވެ. ބަހަނާ ދައްކަން ބޭނުން މީހަކަށް ދެއްކިދާނެއެވެ!

މިހާލަތުގައި 6 މަސް ވަންދެން ކުލި ނުނެގި ނަމަވެސް ފުއްދައިލަން ބޭނުން މީހާއަށް ފުދޭނެއެވެ! އޭނާއަށް ކުރަން ޖެހޭނެ އިތުރު ޚަރަދެއް ނެތުމުންނެވެ. ވީއިރު ކުލިން އެކަށީގެންވާ މިންވަރެއް އަމިއްލަ އިސް ނެގުމުން އުނިކޮށްލައި ދިނުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ބެލެވެއެވެ.

ކަން މިހެން އޮތުމުން ކުލި ކުޑަކުރަންވީ ސަރުކާރުން އަމުރުކުރުމަކުން ނޫނެވެ! ތިމާއަށް ސަރުކާރުން ހޯދައިދިން ފައިދާ ޙާލުގައި ތިބި މީހުންނަށް ޙިއްޞާ ކުރުމަށެވެ! އެކަން ކުރަން ދެކޮޅު ހަދާ ފަރާތްތަކުގެ ލޯނުތައް ދެއްކުމުގެ މުއްދަތު ފަސްކޮށްދޭން ޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ! ސަރުކާރަށް އަމިއްލަ ފަރާތްތަކުގެ ތަންތަނުގެ ކުލި ކުޑަ ނުކުރެވުނު ނަމަވެސް އެމީހުންނަށް ސަރުކާރުން ދިން އިނާޔަތް ރައްޔިތުންނަށް ޙިއްޞާ ނުކުރާ ނަމަ ސަރުކާރުން ދިން އިނާޔަތް އަނބުރާ ނެގުމުގެ ފުރިހަމަ އިޚްތިޔާރު ވެސް ސަރުކާރަށް ލިބިގެންވެއެވެ. އަދި އެއީ އެންމެފަހު ވަގުތު ސަރުކާރަށް އަޅަން މަޖުބޫރު ވެދާނެ ފިޔަވަޅަކަށްވެސް ވެދާނެއެވެ!

މިއީ ކޮންމެ މީހަކުވެސް އެމީހަކަށް ވެވެން އޮތް ވަރަކުން ރައްޔިތުންނަށް އެހީތެރިވުމުގެ ވަގުތެވެ! ޞަދަޤާތް ކުރުމުގެ ވަގުތެވެ. ކުލި ކުޑަކޮށް ލުއިކޮސްދިނުމަކީވެސް ޞަދަޤާތެކެވެ. އެކަމުގެ މަތިވެރި ސަވާބު ލިބިގަންނަން އަވަސްވެގަންނަމާތޯއެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް