އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލެ ސަރަހައްދުގަ ޖަމާއަތުގަ ނަމާދު ކުރަން ފެށުން ފަސްކޮށްފި

މާލެ ސަރަހައްދުގަ ޖަމާއަތުގަ ނަމާދު ކުރަން ފެށުން ފަސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރަން ފެށުން ފަސްކޮށްފި އެވެ. އެގޮތުން މިހާރު ފަސްކޮށްފައިވަނީ އެޕްރިލް މަހުގެ 4 ވަނަ ދުވަހާއި ހަމައަށެވެ. ވީމާ އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދެއްވެސް މާލެ، ހުޅުމާލެ އަދި ވިލިމާލެއަކު ނުކުރާނެއެވެ! 

ހުކުރު ނަމާދު ނުކުރެވި 3 ހުކުރު ދިއުމަކީ ވަރަށް ގިނަ ބއަކު ކަންބޮޑުވާނެ ކަމެކެވެ. ނަމަވެސް ކުރިމަތިވެފައިވާ ޞިއްޙީ ނުރައްކަލުގެ ބޮޑުކަމުން އެނޫން ގޮތެއް މިވގުތު ނެތުމުން މުސްލިމް ގިނަ ޤައުމުތަކެއްގައި މިހާރު ވަނީ ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލައިފައެވެ. 

ދުނިޔޭގެ ހުރިހާ ބޮޑެތި ޢިލްމުވެރިންހެން އިލްތިމާސްކުރައްވަމުން ގެންދަވަނީ މިވަގުތު ޖަމާއަތުގައި ނަމާދު ނުކުރުމަށާއި ގޭގައި ނަމާދުކުރުމަށެވެ. ނަމަވެސް މާލެ ސިޓީގައި ދިރިއުޅުމުގެ ޙާލަތު ހުރި ގޮތުން ގޭގައި ނަމާދުކުރުން ވަނީ ވަރަށް ދަތިކަމަކަށްވެފައެވެ. ގިނަ ބައަކަށް މިސްކިތަސް ދާން ޖެހެނީ އެސަބަބަށްޓަކައި ކަމަށް ބުނެއެވެ. 

މިސްކިތަށް ދިއަ ނަމަވެސް 6 ފޫޓު ދުރުގައި ތިބުމަކީ މިވަގުތު ވަރަށް މުހިންމު ކަމެކެވެ. އެކަނި ހުރެ ކުރާ ނަމާދުގައި ކުރީ ސަފުން ޖާގަ ހޯދުން މުހިންމު ކަމެއް ނޫން ނަމަވެސް އަދިވެސް ބައެއް މީހުން ކުރީ ސަފުން ޖާގަ ހޯދަ ހޯދަން ބޭނުންވެގެން ކައިރިކައިރީގައި ތިބޭކަން ފާހަގަކުރެވެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް