އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފާފަކުރެވުމުން ކޯފާ ފޮނުއްވަންދެން މަޑުނުކޮށް އިސްތިޣްފާރުކުރުމަށް އަވަސްވެގަންނާށެވެ!: ނޫމާން ޢަލީ ޚާން

ފާފަކުރެވުމުން ކޯފާ ފޮނުއްވަންދެން މަޑުނުކޮށް އިސްތިޣްފާރުކުރުމަށް އަވަސްވެގަންނާށެވެ!: ނޫމާން ޢަލީ ޚާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 0 ސިކުންތު

އަހަރެމެން މިކިޔާ ދަތި އުނދަގޫ ޙާލަތަށް ކީރިތި ޤުރްއާނުގައި ވަނީ މުޞީބާތެވެ! މުޞީބާތުގެ މާނައަށް ބަލައިފިނަމަ އެކަމެއް މެދުވެރިވާނީ ސީދާ އަމާޒަށެވެ! އަމާޒުވާން ޖެހޭ މީހަކަށެވެ! އަމާޒުވާން ޖެހޭ ބައަކަށެވެ! އަމާޒުވާންޖެހޭ ވަގުތުގައެވެ. ވީމާ މުޞީބާތެއް ކުރިމަތިވެއްޖެ ނަމަ އެކަން މިންވަރު ކުރެއްވެވީ ކީއްވެގެން ކަމާއިމެދު ސުވާލު ކުރުމުގެ އެއްވެސް ފުރުޞަތެއް ނުއޮންނާނެއެވެ! 

މުޞީބާތަކީ މީސްތަކުންނަށް މެދުވެރިވާ ޠޫފާންތައް ކަމުގައި އެކަނި ނުދެކޭށެވެ! އިންސާނާގެ އަމިއްލަ ނަފްސުގައިވެސް މުޞީބާތްތައްވެއެވެ. ޢާއިލާތެރޭގައިވެސް މުޞީބާތްތައް ވެއެވެ. ދިރިއުޅުމަކީ މުޞީބާތުން ފުރިގެންވާ އެއްޗެކެވެ. މާލީ ގޮތުންނާއި ޞިއްހީ ގޮތުންވެސް މުޞީބާތްތައް ކުރިމަތިވާނެއެވެ! 

މުޞީބާތުގައި ޙާލަތު ތަފާތުވެގެންދެއެވެ. މިސާލަކަށް ކުއްލިއަކަސް ފެންބޮޑުވީއެވެ! އެކަމަސް އެއްވެސް މީހަކަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ! ނަމަވެސް ސުނާމީ އެއް އަރާކަމުގެ ކަބަރުލިބުމުން ބަަލން ގޮނޑުދޮށަސް ދާ މީހާއަށް ކަމެއް ދިމާވުމުން އެއީ މުޅިން ތަފާތު ޙާލަތެކެވެ. 

ކުރިމަތިވާ ކޮންމެ ކަމެއް ޤަޟާ ޤަދަރާއި މަތިކުރުމެއް ނެތެވެ. އެހެނީ މީސްތަކުންނަށް މުޞީބާތްތައް ކުރިމަތިވަނީ އެމީހުންގެ އަމިއްލަ އަތުން ކުޅަ ކަންކަމުން ކަމަށް އޮތް ވަޙީ ބަސްފުޅު އެބައޮތެވެ! ވީމާ ކުރިމަތިވާ ކޮންމެ ކަމަކީ ތިމާއަށް އެއްވެސް ކަމެއް އެކަމަކާއިމެދު ކުރެވެން އޮތް ކަމެއް ނޫން ކަމަށް ޤަބޫލުކުރުމެއް ނެތެވެ. 

މިސާލަކަށް ފިލާވަޅު ދަސްނުކޮށް ހުރެ އިމްތިޙާނުން ފޭލްވުމުން އެކަން ﷲ ތަޢާލާ މެދުވެރިކުރެއްވެވީކަމަށް ބުނުމެއް ނެތެވެ. ހަމައެފަދައިން ތިމާއަށް ކުރިމަތިވާ ކޮންމެ މުޞީބާތަކީ ތިމާއަށް ކުރެވިފައިވާ ފާފަތަކުގެ ސަބަބުން މެދުވެރިކުރެއްވެވި މުޞީބާތެއް ކަމަށް ބަލައިގަތުމަކީވެސް ހައްދުފަހަނައަޅައި ދިއުމެވެ. ހަމަ އެފަދައިން މުޞީބާތެއް ކުރިމަތިވުމުން އެއީ މިވެނި މީހެއްގެ ސަބަބުން މެދުވެރިވި ކަމެއް ކަމަށް ޤަބޫލުކުރުމަކީވެސް ހައްދު ފަހަނައަލައި ދިއުމެވެ. 

އިތުރު މިސާލެއް ބުނަން ހެއްޔެވެ؟ މީހަކަށް ފަތިސް ނަމާދު ނުކުރެވުނީއެވެ. އެދުވަހު އޭނާ ދިއަ އިންޓަރވިޔުއަކުން ފާސްނުވީއެވެ. ވަޒީފާ ނުލިބުނީ ފަތިސް ނަމާދު ނުކުރެވުމުންކަން ނުވަތް ނޫންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އެކަން އެނގޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ! ނަމަވެސް އަހަރެމެންނަށް އޮތީ ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން ދުވަސް ފަށަން ގަދައަޅައި މަސައްކަތްކުރުމެވެ! 

ވީމާ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަމެއް ނުކުރެވިއްޖެ ނަމަ އެކަމުން ﷲ ތަޢާލާ ޢަޛާބު ދެއްވަވަންދެން މަޑުނުކުރާށެވެ! އަވަހަށް ތައުބާވެ އިސްތިޣްފާރުކުރުން ގިނަކުރާށެވެ! މުޞީބާތުން ސަލާމަތްވުމަށް އޮތް މަގަކީ އެއީކަން ޔަޤީންކުރާށެވެ! 

- ނޫމާން ޢަލީ ޚާން ގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް