އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލޭގައި ހޯމް ކަރަންޓީނާއި، އައިސޮލޭޝަންގަ ފަސްދޮޅަސް އެއް މީހަކު!

މާލޭގައި ހޯމް ކަރަންޓީނާއި، އައިސޮލޭޝަންގަ ފަސްދޮޅަސް އެއް މީހަކު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

މާލޭގައި ހޯމް ކަރަންޓީނާއި، އައިސޮލޭޝަންގައި 61 މީހަކު ބައިތިއްބާފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަބްދުލްޢަޒީޒް ވިދާޅުވީ މުޅި މުޖުތަމައުގެ ސަލާމަތަށްޓަކައި، ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން މާލޭގައި ހޯމް އައިސޮލޭޝަންއާއި، ހޯމް ކަރަންޓީންގައި ގިނަ ބަޔަކު ބައިތިއްބާފައިވާކަމަށެވެ.

އެގޮތުން މަލޭގެ ގޭތަކުގައި ކަރަންޓީންގައި ބައިތިއްބާފައިވަނީ 44 މީހެއްކަމަށް މަބުރޫކް ވިދާޅުވިއެވެ. އޭގެތެރޭގައި ހިމެނެނީ 43 ދިވެއްސަކާއި، 1 ބިދޭސީއެކެވެ. ހޯމް އައިސޮލެޝަންގައި މާލޭގައި 13 ދިވެހިންނާއި، 4  ބިދޭސީން ބައިތިއްބާފައިވާ ކަމަށް ވެސް މަބުރޫކް ވިދާޅުވިއެވެ.

މީގެއިތުރުން މަބްރޫކް ވިދާޅުވީ މިގޮތަށް ގޭގޭގައި އައިސޮލޭޝަނާއި، ކަރަންޓީނުގައި ބައިތިއްބާފައިވާ މީހުން ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ތަބާވުމަކީ މުހިންމުކަމެއްކަމަށާ، ކަމާއިބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް އަމަލުނުކުރާނަމަ އެފަރާތްތަކައިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.

ކަރަންޓީންގައާއި އައިސޮލޭޝަންގައި ތިބޭ މީހުންވެސް ޤަވާއިދުތަކަށް ބޯލަނބައި ކަނޑައެޅިފައިވާ މުއައްދަތުގައި ވީހާވެސް އެކަހެރިވެގެން ތިބުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. މިއީ ކަރަންޓީންގައި ތިބޭ އެހެން މީހުންނާއި، އެމީހުންނަށް ޚިދުމަތްދިނުމަށް ތިބޭ މީހުންގެ ރައްކާތެރިކަމަށް ވަރަށް މުހިންމު ކަމެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ