އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ގޭގައި ކަރަންޓީނުވެގެން ތިބޭއިރު ފޫހި ފިލުވަން އެންމެ ގިނައިން ކުރަނީ ކޮންކަމެއް؟

ގޭގައި ކަރަންޓީނުވެގެން ތިބޭއިރު ފޫހި ފިލުވަން އެންމެ ގިނައިން ކުރަނީ ކޮންކަމެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު

މުޅި ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ބައްޔެއް ކަމުގައިވާ ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 ގެ ނުރައްކަލުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް ސިއްޙީ މާހިރުންނާއި ކަމާއިބެހޭ ފަރާތްތަކުން ވެސް އެންމެ ގިނައިންދޭ އެއް އިރުޝާދަކީ ، މުހިންމެ ބޭނުމަކު ނޫނީ ގެއިން ބޭރަށް ނުނިކުމެ ގޭތެރޭގައި ތިބުމަށެވެ. ތިމާއާއި އެހެންމީހުންގެ ވެސް ރައްކަލަކަށް އަމިއްލައަށް ގޭގައި ކަރަންޓީނު ވެގެން ތިބުމަށާއި މީހުން ގިނަ ތަންތަނަށް އެއްވެ ނޫޅުމަށް ވެސް އެފަރާތްތަކުން އިރުޝާދު ދެއްވާފައިވެއެވެ. 

ސިއްޙީ މާހިރުން ދެއްވާފައިވާ މިއިރުޝާދުތަކަށް ބައެއް މީހުން އަދިވެސް ބޯ ނުލެނބި ކަމުގައިވިޔަސް، ބައެއް މީހުން އަންނަނީ މިއިރުޝާދުތައް އަޑުއަހާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. ބައެއް އިދާރާތަކުން އެމީހުންގެ މުވައްޒަފުންވެސް ކޯވިޑް-19 އިން ރައްކާތެރި ކުރުމުގެ ގޮތުން އެފަރާތްތަކަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނޭ ފުރުސަތު ވަނީ ދެއްވާފައެވެ.

ހަމަ ޔަގީނުންވެސް ގެއިން ބޭރަށް ނުނިކުމެ ގޭގައި ގިނަ ވަގުތުތަކެއް ވަންދެން ތިބެން ޖެހުމަކީ ކޮންމެ މީހަކުވެސް ފޫހިވާނޭ ކަމެކެވެ. އެހެންކަމުން މިހާރުވެސް ބައެއް އާއިލާތަކުން ދަނީ ގޭގައި ކަރަންޓީނު ވެފައި ތިބޭއިރު ފޫހި ފިލުވުމުގެ ގޮތުން އެކި ކަންކަން ކުރަމުންނެވެ. 

އެގޮތުން ގިނަ އާއިލާތަކުން އެންމެ ގިނައިން ކުރަމުން އަންނަ އެއް ކަމަކީ ތަފާތު އެކި ވައްތަރުގެ ކާބޯތަކެތި ތައްޔާރުކޮށްގެން އާއިލާ އެންމެންނާއެކު އެއް ސުފުރާއެއްގެ މަތީގައި ކެއުމެވެ. ކޮންމެ ދުވަހަކުމެ އެފަދައިން ތައްޔާރުކުރާ ކާބޯތަކެތީގެ ފޮޓޯ އޭގެ ތެރެއިން ބައެއް މީހުން އެމީހުންގެ މީސްމީޑިއާ އެކައުންޓުގައި ހިއްސާ ކުރެއެވެ. އަދި ކަރަންޓީނުގެ މުއްދަތު ނިމި، މާތް ﷲ ގެ އިރާދަފުޅާއެކު ކޯވިޑް-19 ގެ ނުރައްކަލުން ވެސް މިދުނިޔެ ސަލާމަތްވާއިރު ކޮންމެ މީހެއްގެ ބަރުދަން އިތުރުވެފައިވާނެ ކަމުގެ ޝަކުވާ ވެސް ކޮށްފައިވެއެވެ.

ގޭގައި ކަރަންޓީނު ވެގެން ތިބޭއިރު، ބައެއް އާއިލާތަކުން އަންނަނީ އެމީހުންގެ އާއިލާގެ މެމްބަރުންނާއި ދަރިންނާއެކު ގޭގައި ތަފާތު އެކިއެކި ކުޅިވަރުތައް ވެސް ކުޅެމުންނެވެ. އޭގެ ތެރޭގައި ކަނުބަންނަ ކުޅުމާއި، ބަސްތަރުތީބު ކުރުންފަދަ ކުޅިވަރުތައް ވެސް ހިމެނެއެވެ. މިފަދަ ކުޅިވަތުތަކުގެ ސަބަބުން ފޫހިފިލުމުގެ އިތުރުން އާއިލީ ގުޅުން ވެސް ބަދަހިވެއެވެ. ގޭގައި ކަރަންޓީނު ވެގެން ތިބޭ މިދުވަސްކޮޅުގައި މީސްމީޑިއާއަށް ވެސް ވަނީ ވަރަށް ބާރު ފޯރާފައެވެ. އެގޮތުން މީސްމީޑިއާގައި ވެސް ތަފާތު އެކިއެކި ގޭމުތައްކުޅެ އެކި ޗެލެންޖުތައް ވެސް މީހުން އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި މަންޒަރުތަކެއް ދެއްކުމަށްފަހު، އެއީ ކޮން އެއްޗެއްކަން ބުނުމަށާއި، ވަކި ވަރަކަށް ކޮމެންޓު ކޮށްފިނަމަ ވަކި ވަކެއް ކުރާނެ ކަމަށް ބުނުމާއި މީހުންނާއި ދޭތެރޭ ދެކޭގޮތް އެމީހުންނަށް ނޭނގި ބަޔާން ކުރުންހިމެނެއެވެ. އަދި އަމިއްލަ ދަރިންނާއި އިންޓަވިއު ކުރުމަށްފަހު ދަރިންގެ ޖަވާބުތައް ވެސް ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި ހިއްސާ ކޮށްފައެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


37%
ވ.ރަނގަޅު
12%
ރަނގަޅު
25%
އޯކޭ
25%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ