އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޓަނެޓްގެ ޚިދުމަތަށް އަންނަ ބަދަލުތައް އޭޕްރީލް 1 އިން ފެށިގެން ފެންނާނެ - މަބްރޫކް

އިންޓަނެޓްގެ ޚިދުމަތަށް އަންނަ ބަދަލުތައް އޭޕްރީލް 1 އިން ފެށިގެން ފެންނާނެ - މަބްރޫކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ރާއްޖޭގެ އިންޓަނެޓްގެ ޚިދުމަތައް ގެންނަ ބަދަލުތައް މިފެށޭ އޭޕްރީލް 1 އިން ފެށިގެން ފެންނާނެކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އިންޓަނެޓްގެ އަގުތަކާގުޅޭގޮތުން ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކާއެކު ކުރަންޖެހޭ މަޝްވަރާތައް މިހާރު ކޮށް ނިމިފައިވާކަމަށެވެ. އަދި މިފެށޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޚިދުމަތަށް އަންނަ ބަދަލުތައް ފެނިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، މިކަމާގުޅޭ އިތުރު މަޢުލޫމާތުތައް ޓެލެކޮމް ޚިދުމަތްދޭ ކުންފުނިތަކުން ކުރިއަށް އޮތް 2 ދުވަހެއްތެރޭ އާއްމުންނާއި ހިއްސާކުރާނެކެމަށެވެ.

"އިންޓަނެޓްގެ ޚިދުމަތާގުޅޭގޮތުން ޓެލެކޮމް ކުންފުނިތަކާއެކު ސަރުކާރުގެ ފަރާތުން ކުރަންޖެހޭ މަޝްވަރާތައް މިހާރު ވަނީ ނިމިފައި. އޭޕްރީލް 1 އިން ފެށިގެން ޚިދުމަތަށް އަންނަ ބަދަލުތައް ފެނިގެންދާނެކަމަށް އެބޭފުޅުން ވިދާޅުވެފައިވޭ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ކުރިއަށް އޮތް ދެ ދުވަހު ޓެލެކޮމް ކުންފުނިތަކުން ހާމަކުރާނެ" މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދޭ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މުހިއްމު ރިޔާސީ ވަޢުދުފުޅެކެވެ.

ކޯވިޑް-19ގެ ނުރައްކާ ކުޑަކުރުމަށްޓަކާ ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ބަންދުކުރުމުގެ ސަބަބުން މި ދުވަސްވަރު ވަކިން ޚާއްސަކޮށް ރާއްޖޭގައިވެސް އިންޓަނެޓް ބޭނުންކުރާ ނިސްބަތްވަނީ އިތުރުވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ