އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެލޮލާ ސިކުނޑިހުޅުވާށެވެ! ﷲ މިދެއްވަވާ އިންޒާރަށް ބިރުވެތިވެ އާޚިރަތަށް ތައްޔާރުވާށެވެ!

ދެލޮލާ ސިކުނޑިހުޅުވާށެވެ! ﷲ މިދެއްވަވާ އިންޒާރަށް ބިރުވެތިވެ އާޚިރަތަށް ތައްޔާރުވާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

މިއަދު ފެނިގެން މިދަނީ މީހާ ހަމަ ސަލާމަތުން ރީތިކޮށް ހުއްޓައި ބައަކު އައިސް ސާމްޕަލެއް ނަގާތަނެވެ. އިރުކޮޅެއް ފަހުން ފެނިގެން މިދަނީ އެމްބިޔުލާންސެއްގައި އައިސް އެވަރުގަދަ މީހާ ގެންދާ ތަނެވެ. ގެންދެވޭ އެއް ބައަކަށް އެނބުރި ގެއަށް އާދެވެއެވެ! އަނެއްބައަކު އެދަނީ ވަޅުލެވެމުންނެވެ. 

ދުނިޔޭގެ އެންމެ ބާރުގަދަ މީހާ ކަމަށް އެންމެންވެސް ބަލަނީ އެމެރިކާގެ ރައީސްއެވެ. އެމެރިކާގެ ރައްޔިތަކު ޤައުމެއްގައި ހުއްޓައި ކަމެއް މެދުވެރިވެއްޖެ ނަމަ އެ ޤައުމަކާއިމެދު ނާޅާ ފިޔަވަޅެއް ނެތެވެ. އެބާރުގަ ރައީސް އާ އެމެރިކާގެ ޙާލަތަށް މިއަދު ވިސްނައިލާށެވެ! އެއްފަހަރު ރައީސް ވިދާޅުވަނީ ކޮރޯނާ ބަލީގައި 100،000 މީހުން މަރުވެދާނެ ކަމަށެވެ. ހަމަވިއްދައިގެން ދޭ ތަޤްރީރުގައި 200،000 މީހުން މަރުވެދާނެ ކަމަށް އެބަ ވިދާޅުވެއެވެ. 

މިއަދު މުހިންމީ އެމެރިކާ އާ އެމެރިކާގެ ރައީސްގެ ހުރި ބާރުގައި މިންއެޅުމެއް ނޫނެވެ! އެހެނީ ޙަޤީޤަތަކީ އެއްވެސް ބާރެއް ނެތުންކަން މިވަނީ ކިތަންމެ ރަނގަޅަކަށްވެސް ހާމަވެފައެވެ. އެއްވެސް ބާރެއް ހުރިނަމަ ޤައުމުގެ ދޮޅުލައްކަ މީހުންނަށް ކޮރޯނާ ޖެހި އެތައް ހާސް ބައަކު މިހާރުވެސް މަރުވެފައިވާއިރު ހަމަ އެއްވެސް ކަމެއް ނުކުރެވި ބަލިކަށިވެ ނިކަމެތިވެފައި އެތިބީ ކީއްވެގެން ހެއްޔެވެ؟ 

ޢިބްރަތް ޙާޞިލުކުރަން ބޭނުން މީހަކަށް މިވަރު ނުފުދޭހެއްޔެވެ؟ ކިތަންމެ ގަދަފަދަ މީހަކަށް ހެދިގެން އުޅުނު ނަމަވެސް ޙަޤީޤަތުގައި އެއްވެސް މީހެއްގެ އޮތީ ކޮން ބާރެއް ހެއްޔެވެ؟ ހަމަ އެއްވެސް ބާރެއް ނެތެއް ނޫން ހެއްޔެވެ؟ 

މީސްތަކުންނޭވެ! ޢިބްރަތް ޙާޞިލުކުރާށެވެ! އެއްވެސް އިންސާނަކީ އެއްވެސް ބާރެއް ހުރި މީހެއް ނޫނެވެ. އެއްވެސް ބާރެއް ލިބޭނަމަ އެ ބާރު ވެސް ލިބެނީ ﷲ ތަޢާލާ ދެއްވެވުމުންނެވެ! ވީމާ ކޮންމެ މީހަކުވެސް މިއަދު ވިސްނަންވީ އެމީހާގެ ނިކަމެތި ކަމާއިމެދުގައެވެ. މިވަގުތު ދެލޯ މަރާލަން ޖެހުނު ނަމަވެސް އެވަގުތުން ފެށިގެން ތިމާއަކީ ހަމަ އެއްވެސް އިޚްތިޔާރެއްވެސް ލިބިގެންވާ މީހެއް ނޫން ކަމެވެ! 

ވީމާ ﷲ ތަޢާލާ މިދައްކަވާ ކަންކަމުން ޢިބްރަތް ޙާޞިލުކުރާށެވެ! ތިމާގެ ނިކަމެތިކަން ޤަބޫލުކޮށް ހުރިހާ ބާރުތަކެއް އެފަރާތަކަށް މިލްކުވެވޮޑިގެންވާ ﷲ ތަޢާލާގެ ޙަޟްރަތަށް ދިއުމަށް ތައްޔާރުވާން ގަދައަޅައި މަސައްކަތްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް