އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގޭގަ ތިއްބަވައިގެން މިއާޔަތުގަވާ ފަދައިން ﷲ ގެ ރަހްމަތަށް އެދުން ގިނަކުރާށެވެ!

ގޭގަ ތިއްބަވައިގެން މިއާޔަތުގަވާ ފަދައިން ﷲ ގެ ރަހްމަތަށް އެދުން ގިނަކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

މީސްތަކުންނަށް ދަތިކަމާއި މުޞިބާތްތައް ކުރިމަތިވުމުން ޢަމަލުކުރަންވީ ގޮތް ކީރިތި ޤުރްއާނުގައި ވަނީ ވަރަށް ފުރިހަމައަށް ބަޔާންކޮށް ދެއްވަވައިފައެވެ. މިއަދު މިއީ އެކަންކަން ހޯދައި ވިސްނައި ފިކުރުކުރަން ލިބިފައިވާ އަގުހުރި ފުރުޞަތެކެވެ. އަންނަނިވި އާޔަތާއިމެދު ފުންކޮށް ވިސްނައިލާށެވެ!

"އެ ދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފްސްތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ރަޙްމަތް ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." (އަލް އަޢްރާފް: 23)

މިއާޔަތުގައި މިވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ހުންނަވައިގެން އާދަމްގެފާނުގެ ދެކަނބަލުން ﷲ ތަޢާލާއަށް ދެންނެވި ދެންނެވުމެވެ. އާދަމްގެފާނާއި ޙައްވާގެފާނު ބިމަށް ފޮނުއްވެވުނީ އެ ދެ ކަނބަލުން ކުރެއްވި ދުޢާ ﷲ ތައާލާ އިޖާބަ ކުރައްވަވައި ދެކަނބަލުންނަށް ރަޙްމަތް ލެއްވެވުމަށްފަހުގައެވެ.

މިއަދުގެ މިހާލަތުގައިވެސް ވިސްނަންވީ ހަމަ މިއާޔަތަށާއި ކީރިތި ޤުރްއާނުގައި ހުރި މިފަދަ އާޔަތްތަކަށެވެ. "އެ ދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފްސްތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ." މި ޢިބާރާތުން އެނގިގެންދަނީ ފުރަތަމަ ކަމަކަށް އޮތީ އެމީހަކަށް ކުރެވިފައިވާ ފާފަތަކަށް ހިތާމަކޮށް ތައުބާވުން ކަމެވެ.

" --އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ރަޙްމަތް ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." އާޔަތުގެ މިބައި މިއަދުގެ ޙާލަތާއި ގުޅިފައިވަނީ ވަރަށް ފުރިހަމައަށެވެ! ﷲ ތައާލާ މީސްތަކުންގެ މައްޗަށް ރަޙްމަތް ނުލައްވަވައިފިނަމަ ކުރިމަތިވެފައިވާ މުޞީބާތްތަކުން ސަލާމަތްކަން ލިބޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ.

ވީމާ އެންމެންވެސް ތައުބާވުމަށް އަވަސްވެގަންނާށެވެ! ﷲ ތަޢާލާގެ ރަހްމަތަށް އެދި ދުޢާކުރުން ގިނަކުރާށެވެ! މިއާޔަތަކީވެސް އެކަމަށް އޮތް ވަރަށް ފުރިހަމަ އާޔަތެކެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް