އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިލަފުށި މެދުވެރިކޮށް މާލެއަންނަ ރިސޯޓް މުވައްޒިފުންނަށް ފިޔަވަޅު އަޅަނީ!

ތިލަފުށި މެދުވެރިކޮށް މާލެއަންނަ ރިސޯޓް މުވައްޒިފުންނަށް ފިޔަވަޅު އަޅަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ބައެއް ރިސޯޓްތަކުން ތިލަފުއްޓަށް ކުނި އުކާލަންދާ އުޅަނދުތަކުގައި ބައެއް ރިސޯޓް މުވައްޒަފުން ތިލަފުށިން މާލެއައުމަށް މަސައްކަތް ކުރަމުންދާކަމަށާ، އެކަންކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް ޢަޒީޒް ވިދާޅުވީ މިމަހުގެ 12ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އިޢުލާންކޮށްފައިވާ ޢާއްމު ޞިއްހަތުގެ ކުއްލިނުރައްކަލުގެ ޙާލަތާ އެއްގޮތަށް ޢަމަލުކުރުމަކީ ކޮންމެ މީހެއްގެ މައްޗަށްވެސް ޤާނޫނީގޮތުން ލާޒިމުވާކަމެއްކަމަށެވެ.

ރިސޯޓްތަކުގައި ތިބި މުވައްޒަފުންނަށް މިވަގުތު އެއްރަށުން އަނެއްރަށަށް ދިއުން މަނާކޮށްފައިވަނީ އެންމެންގެ ރައްކާތރިކަމަށްޓަކައިކަން މަބުރޫކް ފާހަގަކުރެއްވިއެވެ. މިހާލަތުގައި އެއްވެސް ރިސޯޓެއްގެ މުވައްޒަފަކު، އަންގާފައިވާ އެންގުންތަކާ ޚިލާފަށް ޢަމަލުތައް ނުބެހެއްޓުމަށްމަބުރޫކް ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަދު ތިލަފުއްޓަށް ކުނި އުކާލަންދިޔަ ރިސޯޓް ދޯންޏެއްގައި ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ތިލަފުއްޓަށް ފައިބައި ތިލަފުށިން މާލެ އައިސްފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. މިމީހުން މާލެއައުމުން ފުލުހުންނަށް އެކަން އެނގި އެމީހުން ހުއްޓުވައި އަބުރައި ރިސޯޓަށް ފޮނުވާ ލާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ދެން މިފަދަ ޢަމަލެއް އެއްވެސް ރިސޯޓަކުން މުވައްޒަފަކު ކޮށްފިނަމަ އެމީހަކާއިމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ނިންމާފައިވާކަމަށް މަބުރޫކް ވިދާޅުވިއެވެ.

ޞިއްޚީ ގޮތުން މިފަދަ ޚައްސާސް ދަނޑިވަޅެއްގައި ކޮންމެ މީހަކުވެސް އެމީހެއްގެ ސަބަބުން މުޅި މުޖުތަމައު ނުރައްކަލަކަށް ހުށަހެޅޭ ކަމެއް ނުކުރުމަށްވެސް މަބުރޫކްވަނީ އިލްތިމާސްކުރައްވާފައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ