އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ގަންނާނެއްބާ" އަޅުވައިގެން ތިބޭ ބިދޭސީންގެ ބާރު ގަދަވެ ޤައުމީ ނުރައްކަލުން ކޮރޯނާ ނުރައްކަލަށް!

"ގަންނާނެއްބާ" އަޅުވައިގެން ތިބޭ ބިދޭސީންގެ ބާރު ގަދަވެ ޤައުމީ ނުރައްކަލުން ކޮރޯނާ ނުރައްކަލަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ކަބަރުގައިވާ ފޮޓޯގައި އެވަނީ މިއަދު މެންދުރު 1.30 ގައި މަޖީދީމަގުގައި "ގަންނާނެއްބާ" އަޅުވައިގެންތިބި މީހުންގެ ތެރެއިން ބައެކެވެ. ފޮޓޯ ނަގަން ފެށުމުން ބައެއް މީހުން ވަނީ ފިލައިފައެވެ.

އެޗްޕީއޭ އިން މީގެ ކުރިންވެސް ޤަވާއިދުތަކެއް ހެދިއެވެ. އެއީ ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ތަންތަން ކަނޑއަޅައި ބޯޑުތަކެއް ޖެހުމެވެ. އެ ބޯޑުތަކުގައި ލިޔެފައިވާ އަމުރު ތަންފީޒުކުރަން ހަވާލުކުރީ ބޯޑުތަކާއި ކަމަށްވުމުން 3،4 ސަރުކާރު ބަދަލުވިއިރުވެސް އެޗްޕީއޭގެ އަމުރު އޮތީ ތަންފީޒު ނުކުރެވިއެވެ. މިއަދާއި ހަމައަށް ވެސް އޮތީ ނުކުރެވިއެވެ.

މިހާލަތުގައި އޮއްވައި ކޮރޯނާ ވައިރަސް އާއި ގުޅިގެން ކުރާ އަމުރުތަކާއިމެދުވެސް އަދިވެސް މިފެންނަނީ ހަމަ ދާދި އެއްގޮތަކަށް ކަންތައްތައް ވަމުންދާތަނެވެ. އިއްޔެވެސް ހަމަ މިކަން ފޮޓޯނައި ވާނީ ސަރުކާރަށް ރިޕޯޓްކޮށްފައެވެ. މިއަދު ރިޕޯޓް ނުކޮށް ޚަބަރަކަށް މިހެދީ އަދިވެސް ހަމަ އެކަން ތަކުރާރުވަމުންދާތީއެވެ. ގަންނާނެއްބާ އަޅުވައިގެން ތިބޭ މީހުންގެ ސަބަބުން ޤައުމީ ނުރައްކަލެއްގެ އިތުރުން ކޮރޯނާ ނުރައްކަލަކަށްވެގެންދާތީއެވެ.

ރާއްޖޭގައި ޤަވާއިދާއި ޚިލފަށް ތިބި 30000 އަށްވުރެ ގިނަ ބިދޭސީން ރަޖިސްތްރީ ކުރެވުނު ވާހަކައެއްވެސް އަޑުއިވުނެވެ. ދެން އަޑު އިވުނީ އެނބުރި ޤައުމަށްދާން ބޭނުންވާ މީހުން އަނެއްކާވެސް ނަން ނޯޓޫކުރަން ފުރުޞަތު ހުޅުވައިލި ވާހަކައެވެ. ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ތިބި ބައަކު އެމީހުންގެ ޤައުމަށް ފޮނުވަން އެމީހުންގެ ރުހުން ބޭނުންވާނަމަ ކުށްވެރިން ޖަލަށްލާން ޖެހޭނީވެސް އެމީހުންގެ ރުހުމުގައިކަން ފާހަގަކުރެވެއެވެ!

ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި ތިބި ބިދޭސީންގެ މައްސަލަތަކުގައި އަދި މިހައިތަނަށް ފެންނަމުން މިދަނީ ޑްރާމާ މައްޗަށް ޑްރާމާ ކަމަށް ބުނަން ޖެހެނީ މިފަދަ ސަބަބުތަކަށްޓަކައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް