އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުލުހުންގެ ހެލްތު އެންޑް ސޭފްޓީ ޓާސްކް ފޯސްއެއް އެކުލަވާލައިފި

ފުލުހުންގެ ހެލްތު އެންޑް ސޭފްޓީ ޓާސްކް ފޯސްއެއް އެކުލަވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

ކޮވިޑް-19 އާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރަމުންދާ މަސައްކަތުގައި، ޕޮލިސް ސަރވިސްގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި 2020 އޭޕްރިލް 1 ވަނަ ދުވަހުން ފެށިގެން މުޅި މުއައްސަސާގެ ހުރިހާ ޑައިރެކްޓަރޭޓްތައް ތަމްސީލު ކުރެވޭގޮތަށް ހެލްތު އެންޑް ސޭފްޓީ ޓާސްކް ފޯސްއެއް ކޮމިޝަނަރ އޮފް ޕޮލިސް އެކުލަވާލައްވައިފިއެވެ. 

ފުލުހުން ބުނެފައިވަނީ މި ޓާސްކް ފޯރސްގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން ދިވެހިރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެވި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމަށް ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާ، ދެއްވާ އިރުޝާދުތަކާ ގުޅިގެން ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސައްކަތަށް ގެނެވިފައިވާ ބަދަލުތަކާއި އަދި ކުރިއަށް އޮތްތަނުގައިވެސް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެކަންކަން ތަންފީޒުކުރުމެވެ. 

މީގެ އިތުރުން، “އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހެޅުމާއި، ހުށަހެޅޭ މައްސަލަތައް ތަޙްޤީޤު ކުރުމުގެ އުސޫލު” އެކުލަވާލުމަށްފަހު 2020 އޭޕްރިލް 1 ވަނަ ދުވަހު ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ފުލުހުންނަށް މި އުސޫލު އާއްމު ކުރައްވާފައެވެ. 

އަދި 2020 މާރިޗު 19 ވަނަ ދުވަހު “އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އަންގާ ކަންކަން ތަންފީޒު ކުރުމުގައި ފުލުހުން ޢަމަލުކުރަންވީ ގޮތުގެ އުސޫލާއި” އަދި 2020 މާރިޗު 23 ވަނަ ދުވަހު “ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި، ގައިންގަޔަށް ފަސޭހަކަމާއެކު އަރާ ބައްޔެއް ފެތުރެމުންދާ ވަގުތެއްގައި ޕޮލިސް ކަސްޓަޑީ އިން ޢަމަލުކުރާނެ ގޮތުގެ އުސޫލު” ކޮމިޝަނަރ އޮފް ޕޮލިސް އާއްމުކުރައްވާފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް