އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާ ޖެހިގެން އިނގިރޭސިވިލާތުން މަރުވި ފުރަތަމަ 4 ޑޮކްޓަރުންނަކީ މުސްލިމް ޑޮކްޓަރުން!: އަލްޖަޒީރާ

ކޮރޯނާ ޖެހިގެން އިނގިރޭސިވިލާތުން މަރުވި ފުރަތަމަ 4 ޑޮކްޓަރުންނަކީ މުސްލިމް ޑޮކްޓަރުން!: އަލްޖަޒީރާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ކޮރޯނާ ބައްޔަށް ފަރުވާކުރުމުގައި ކުރީސަފުގައި މަސައްކަތްކުރަމުން ދަނިކޮށް އިނގިރޭސިވިލާތުގައި މަރުވި ފުރަތަމަ 4 ޑޮކްޓަރުން ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ. 

4 ޑޮކްޓަރުންނަކީވެސް ބޭރު ޤައުމުތަކުން އިނގިރޭސިވިލާތަށް ގޮސް ތިބި ޑޮކްޓަރުންނެވެ. އިނގިރޭސިވިލާތުގެ "ބްރިޓިޝް އިސްލާމިކް މެޑިކަލް އެސޯސިއޫޝަން" އިން ވަނީ 4 ޑޮކްޓަރުންގެ ޚިދުމަތް މުޅި އިނގިރޭސިވިލާތުން ފާހަގަކުރާ ކަމަށް ބުނެފައެވެ. 

އެ ޖަމިއްޔާއިން ބުނެފައިވަނީ މީގެ ތެރެއިން ބައެއް ޑޮކްޓަރުން ޚިދުމަތުގެ ކުރީ ސަފަށް ނުކުތީ އެމީހުން އަމިއްލައަށް ވޮލަންޓިއަރކޮށްގެން ކަމަށެވެ. 

އިނގިރޭސިވިލާތުގައި މިހާރުވެސް ވަނީ އިސް ސަފުގައި މަސައްކަތްކުރާނެ ޑޮކްޓަރުން މަދުވެފައެވެ. 

މިރޭގެ 11 ޖެހުމާއި ހަމައަށް ބަލައިފިނަމަ އިނގިރޭސިވިލާތުގައި ކޮރޯނާ ޖެހުނު މީހުންގެ އަދަދަކީ 29,474 އެވެ. މަރުވި މީހުންގެ އަދަދަކީ 2,352އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް