އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިވަގުތު އެންމެ މުހިއްމީ ދުޢާކުރުމާއި، އިޖްތިމާޢީ ގައިދުރުކަން: ނައިބު ރައީސް

މިވަގުތު އެންމެ މުހިއްމީ ދުޢާކުރުމާއި، އިޖްތިމާޢީ ގައިދުރުކަން: ނައިބު ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

ކޯވިޑް-19 ރައްކާތެރިވެ ތިބުމަށް މި ވަގުތު އެންމެ މުހިއްމީ ދަޢާކުރުމާއި އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ ތަންފީޒީ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށެވެ. އަދި މިވަގުތު އިދާރާތަކުގެ އެންގުންތަކަށް އިޖާބަ ދެއްވާ، ގޭގައި ތިއްބެވުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން މިދަތި ދަނޑިވަޅުގައި އެއްބައިވަންތަކަން އިތުރުކޮށް، އެކަކު އަނެކަކަށް މަދަދުވެރިވުމަކީ ލިބޭ އުފަލަކަށް ހެއްދެވުމަށްވެސް ނައިބު ރައީސް ވަނީ ގޮވާލައްވާފައެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކާ ކަމާބެހޭ ފަރާތްތަކާއި ސަލާމަތީ ބާރުތަކުން ކުރައްވަމުންދާ މަސައްކަތްތަކަށް ރައްޔިތުން އެއްބާރުލުން ދެއްވުމަށްވެސް ހޯމް މިނިސްޓަރ އައްޝައިޚް ޢިމްރާން ޢަބްދުﷲ ވަނީ ގޮވާލައްވާފައެވެ.

ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އިޢުލާންކުރެއްވި "ސްޓޭ އެޓް ހޯމް" ޢަމުރު ކަމާބެހޭ ފަރާތްތަކުން މިއަދުން ފެށިގެން ކުރިއަށް އޮތް ދުވަސްތަކުގައި ތަންފީޒުކުރަމުންދާނެކަމަށެވެ. އަދި މިއީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކާ އެޅުއްވި ފިޔަވަޅެއްކަމަށާއި، މިކަމުގައި ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. އެގޮތުން މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކޮންމެ ދުވަހެއްގެ ހަވީރު 5 އިން ފެށިގެން ރޭގަނޑު 8 އަކާއި ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމަތީގައި މީހުން އުޅުން ވަނީ މަނާކޮށްފައެވެ. އަދި މި ވަގުތުތަކުގައި މާލޭ ސަރަހައްދުގައި ދެމުންދާ ޕަބްލިކް ޓްރާންސްޕޯޓު، ބަހާއި ފެރީގެ ޚިދުމަތް ހުއްޓާލުމަށްވެސް ވަނީ އަންގާފައެވެ.

ހަމައެހެންމެ މި ނޫން ވަގުތުތަކުގައިވެސް މަގުމަތީގައި އެއްފަހަރާ 3 މީހުންނަށްވުރެ މީހުން މަގުމަތީގައި އެއްވެ ނޫޅެވޭނެކަމަށްވެސް ކަނޑައަޅާފައިވެއެވެ. މިކަންކަމާ ޚިލާފުވާ ފަރާތްތަކަށް ނަސޭޙަތްތެރިވެ، އެކަން ތަކުރާރުކުރާނަމަ ޖޫރިމަނާކުރާނެއެވެ.

އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާ މި ނާޒުކު ދަނޑިވަޅުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުންތަކާ އެއްގޮތަށް އަމަލުކުރުމަށާއި، އިޖްތިމާޢީ ގައިދުރުކަން ކޮންމެ މީހަކުވެސް ބެހެއްޓުމަށް ފުލުހުންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ