އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގު ޕޭ – އިތުރު ކްރެޑިޓް، ޑިސްކައުންޓް އަދި ކޭޝް ބެކް އޮފަރ ތަކެއް!

ދިރާގު ޕޭ – އިތުރު ކްރެޑިޓް، ޑިސްކައުންޓް އަދި ކޭޝް ބެކް އޮފަރ ތަކެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 53 ސިކުންތު

ކޮވިޑް19 ޕެންޑަމިކް އާ ގުޅިގެން ކަސްޓަމަރުންނަށް މިދުވަސްވަރު އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ ގޮތުންނާއި ޑިޖިޓަލްކޮށް ފައިސާގެ މުއާމަލާތްތައް ހިންގުމަށް އަހުލުވެރިކުރުވައި، އެކަމަށް ބާރު އެޅުމުގެ ގޮތުން ދިރާގުޕޭ އަށް ޚާއްސަ އޮފަރ ތަކެއް ތައާރަފުކޮށްފިއެވެ. 

މި ދުވަސްވަރު، މި ނުރައްކާތެރި ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ސާފުތާހިރުވުމަށާއި ގެއިން ބޭރަށް ނުދިޔުމަށް ކެނޑިނޭޅި ސިއްހީ މާހިރުން ގޮވާލަމުންދާއިރު، ދިރާގުޕޭ އަކީ މި ދަނޑިވަޅު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ފަސޭހަ އަދި ރައްކާތެރި ޚިދުމަތެކެވެ. 

މޯބައިލް ޕްރީޕެއިޑް ކަސްޓަމަރުންނަށް 20% ބޯނަސް ކްރެޑިޓް ކޮންމެ ރީލޯޑަކަށް

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން ދިރާގު ޕޭ މެދުވެރިކޮށް ކުރާ ކޮންމެ ރީލޯޑަލަކަށް %20 ބޯނަސް ކްރެޑިޓް ހިލޭ ލިބިގެންދާނެއެވެ 8 ރުފިޔާ އާއި 500 ރުފިޔާ އާ ދެމެދުގެ އަދަދަކަށް ދިރާގު ޕޭ މެދުވެރިކޮށް ރިލޯޑް ކުރެވޭނެއެވެ. މި ބޯނަސް ކްރެޑިޓް ލިބިގެންދާނީ 1 އެޕްރީލު އިން ފެށިގެން 30 ޖޫން 2020 ގެ ނިޔަލަށެވެ. 

ޕޯސްޓްޕެއިޑް، ފިކްސްޑް ބްރޯޑް ބޭންޑް އަދި ދިރާގު ޓީވީ ކަސްޓަމަރުންނަށް މަހު ފީއިން %5 ޑިސްކައުންޓް 

ދިރާގު ޕޯސްޓްޕެއިޑް، ފިކްސްޑް ބްރޯޑް ބޭންޑް އަދި ދިރާގު ޓީވީ ކަސްޓަމަރުން ދިރާގުޕޭ މެދުވެރިކޮށް ބިލް ދެއްކުމުން ޖެހިގެނެ އަންނަ މަހުގެ މަހު ފީ އިން %5 ޑިސްކައުންޓް ލިބިގެން ދާނެއެވެ. މި އޮފަރ ކުރިއަށް ދާނީ 1 އެޕްރީލް އިން ފެށިގެން 30 ޖޫން 2020 އާ ހަމަޔަށް. 

ކޭޝްބެކް އޮފަރ 

ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ލިބިމުގެ ނިޒާމެއް 

ދިރާގުޕޭ  މެދުވެރިކޮށް ވިޔަފާރި ކުރައްވާ ފަރާތްތަކަށް 1 އެޕްރީލް 2020 އިން ފެށިގެން 4 ހަފުތާ ވަންދެން، ކޮންމެ ހަފުތާއަކު އިތުރު ފައިސާ ލިބުމުގެ ނިޒާމެއް ވަނީ މަގުފަހިކޮށްފައިއެވެ. މިގޮތުން، ދިރާގު ޕޭގެ ޚިދުމަތް ލިބޭ ވިޔަފާރިތަކުން ކޮންމެ ހަފްތާއަކު މަދުވެގެން 50 ރުފިޔާގެ 5 ވިޔަފާރި ދިރާގު ޕޭ މެދުވެރިކޮށް ކުރައްވާ ފަރާތްތަކަށް، ކޮންމެ ހަފުތާއަކު 50 ރުފިޔާ ހިލޭ ދިރާގު ޕޭ ވޮލެޓަށް، އެ ހަފުތާ އެއް ނިމުމުން ޖަމާވެގެން ދާނެއެވެ. 

މި އޮފަރ ތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް:  https://www.dhiraagu.com.mv/dhiraagu_pay.aspx 

ދިރާގުޕޭގެ ޚިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 260 އަށް ވުރެ ގިނަވިޔަފާރިތަކުން ބޭނުންކުރެއެވެ. އޭގެތެރޭގައި ޑިލިވަރީގެ ޚިދުމަތްދޭ މަޝްހޫރު ކެފޭ ރެސްޓުރަންޓްސް، ޖެނެރަލްޓްރޭޑިންގ، ސެލޫންސް އަދި ހޮސްޕިޓަލް ތަކާއި މިނޫންވެސް އެކި ސިނާއަތްތަކުގެ ވިޔަފާރިތައް ހިމެނެއެވެ. އަދި ގިނަ ވިޔަފާރިތަކުން ދިރާގުޕޭ ގާއިމު ކުރަން މަގުފަހި ކޮށްދިނުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ލުޔެއް ދިނުމުގެ ގޮތުން ދިރާގުން ވަނީ މާޗެންޓް ޓްރާންސެކްޝަން ފީ ވެސް 3 މަސްދުވަހަށް ނުނަގާ ގޮތަށް ވަނީ މިދިޔަ މަހުން ފެށިގެން ހަމަޖައްސާފައިއެވެ. އަދި މިމުއްދަތުގެ ތެރޭގައި އަލަށް ދިރާގު ޕޭ އާ ގުޅޭ ވިޔަފާރިތަކުންވެސް މި ފީ 3 މަހަށް ނުނެގުމަށް ވަނީ ހަމަޖައްސާފައިއެވެ. 

ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ ނެޓްބޯކެއްގެ، ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ޚިދުމަތްތަކަށް ފައިސާދައްކާ، ފައިސާ ޖަމާކޮށް އެކަކު އަނެކަކަށް ފައިސާ ޓްރާންސްފަރ ވެސް ކުރެވޭނެއެވެ. ދިރާގު ޕޭ އަށް ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާސްފަރސް ބޭނުންކުރެވޭނެއެވެ. 

ދިރާގުން ދަނީ ކޮވިޑްގެ19 ގެ ބަލިމަޑުކަމާގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލާ، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުންނެވެ. ކޮވިޑް19 އާ ގުޅިގެން ދިރާގުން ކުރަމުންދާ ކަންތައްތަކުގެ އިތުރު މައުލޫމާތު ހޯދުމަށް:

https://www.dhiraagu.com.mv/supporting_our_community.aspx

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް