އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާޔޫސްވެ އުންމީދު ކަނޑައިލުމަކީ ދެއްވަވަން ހުރި ނިޢްމަތްތައް އަމިއްލައަށް ދޫކޮށްލުން ފަދަ ކަމެކެވެ!: މުފްތީ މެންކް

މާޔޫސްވެ އުންމީދު ކަނޑައިލުމަކީ ދެއްވަވަން ހުރި ނިޢްމަތްތައް އަމިއްލައަށް ދޫކޮށްލުން ފަދަ ކަމެކެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

ކުރިމަތިވެފައި މިވާ ނުރައްކާތެރި ޙާލަތުގައި އެންމެންވެސް ކަންބޮޑުވާނެއެވެ. ނަމަވެސް މާޔޫސް ނުވާށެވެ! މާޔޫސްވެ އުންމީދު ކަނޑައިލުމަކީ ދެއްވަވަން ހުރި ނިޢްމަތްތައް އަމިއްލައަށް ދޫކޮށްލުން ފަދަ ކަމެކެވެ. ވީމާ އެއްވެސް މީހަކު މާޔޫސްވެ އުންމީދު ކަނޑައިނުލާށެވެ! 

ބައެއް މީހުން މާޔޫސްވަމުން ދަނީ ގިނަ ބައެއްގެ ވަޒީފާތައް ގެއްލެމުންދާތީއެވެ. އާމްދަނީ ނުލިބިދާނެ ކަމުގެ ބިރަށެވެ. ނިކަމެތި ޙާލަތެއް މެދުވެރިވެދާނެ ކަމުގެ ބިރަށެވެ. މިއީ ކޮންމެ މީހަކަށް ވެސް މިފަދަ ވަގުތެއްގައި އިޙްޞާޞްވެސް ވާނެ ކަންކަމެވެ. 

ކޮންމެ މީހަކުވެސް ޔަޤީންކުރަންވީ ދަތިޙާލުވެސް ކުރިމަތިވާނެ ކަމެވެ. ހަމައެއާއިއެކު ދަތިޙާލަކީ އިމްތިޙާނެއް ކަމާއި ދަތިހާލުން ސަލާމަތް ކުރައްވަވާނެކަންވެސް ޔަޤީން ކުރާށެވެ! އިމްތިހާނުން ފާސްވާނީ އެއިރުންނެވެ. 

ކުރިމަތިވަމުންދާ ދަތިތަކުން އަރައިގަނެވޭނެ ގޮތް އަހަރެމެންނަށް ނުއެނގިދާނެއެވެ. ނަމަވެސް ޔަޤީންކުރަންވީ ކަމަކީ މުސްތަޤްބަލުގައި މިންވަރުތައް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވާ ކަމެކެވެ. އެކަންކަން މިހާރުވެސް ވަނީ ލިޔުއްވަވާފައި ކަމާއި ކަންކަން ހިނގަމުންދާނީ ތަޤްދީރުގައިވާ ގޮތަށް ކަމެވެ. 

އިންސާނާ ކުރާ ކޮންމެ ކަމެއް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާ ފަދައިން އިންސާނުންނަށް ކުރިމަތިވާ ޙާލަތުގައި އިންސާނާ އަމަލުކުރާ ގޮތްވެސް ﷲ ބައްލަވައިވޮޑިގެންވެއެވެ. ކެތްތެރިވެ ސާބިތުވާ މިންވަރުވެސް ބައްލަވައިވޮޑިގެންވެއެވެ. 

ކޮރޯނާގެ ޙާލަތުގައި އެންމެ ބޮޑު އުފާވެރިކަމެއް ލިބެނީ ދުނިޔޭގައި ރަނގަޅު ބައެއްވެސް އުޅެމުންދާކަން އެނގޭތީއެވެ. ކުރިއަށްވުރެ ގިނައިން ހެޔޮ އަމަލުތައްކުރުމާއިއެކު މީސްތަކުންނަށް އެހީތެރިވެދެމުންވެސް ގެންދާތީއެވެ. 

- މުފްތީ މެންކްގެ ދަރުސަކުން   

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް