އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުކުރު ދުވަހަކީ ކޮރޯނާ ވައިރަސް ދުނިޔެއިން ފިލުވައިލުމުގެ ފުރުޞަތު އޮތް ދުވަހެކެވެ!

ހުކުރު ދުވަހަކީ ކޮރޯނާ ވައިރަސް ދުނިޔެއިން ފިލުވައިލުމުގެ ފުރުޞަތު އޮތް ދުވަހެކެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

އަނެއްކާވެސް މިވަނީ ހުކުރުން މާތް ﷲ ގެ ވާގިފުޅާއިއެކު އަޅުގަނޑުމެންނާއި ބައްދަލުކޮށްފައެވެ. ހިތާމަވެރި ދުވަހެކެވެ. ފުރަމާލޭގައި ހުކުރު ނުކުރެވޭތާ 3 ވަނަ ހުކުރު ދުވަހެކެވެ. ގޭގައި ތިބެ މެންދުރު ނަމާދުކުރަންޖެހިފައިވާ ދުވަހެކެވެ.

މި ޙާލަތުގައިވެސް ހުކުރު ދުވަހުގެ އެއްވެސް އަޅުކަމެއް ނުކޮށް ދޫކޮށްނުލާށެވެ! ކަހްފި ސޫރަތް ކިޔަވަން ސަމާލުކަން ދޭށެވެ! ރަސޫލް (ޞޢވ) ގެ މައްޗަށް ގިނަގިނައިން ޞަލަވާތް ކިޔެވުން ގިނަކުރާށެވެ! ހުކުރު ދުވަހުގައިވާ ދޢާ އިޖާބަ ކުރައްވަވާ ވަގުތު ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ!

އެކަކަކށް މުޅި ދުވަހު ދުޢާ ކުރުމުގައި އިނުމަކީ އުނދަގޫ ކަމަކަށްވެދާނެއެވެ. ނަމަވެސް ގޭގެ އެންމެން ބައިވެރިވެގެން އެކަން ކުރެވިއްޖެ ނަމަ އެމީހަކަށް، އެބައަކަށް، އެގޭގެ އެންމެންނަށް އަދި މުޅި ދުނިޔެވެސް ކޮރޯނާ ވައިރަސް އިން ސަލާމަތްވެވިދާނެއެވެ. އަދި މުޅި ދުނިޔެއިން ކޮރޯނާ ވައިރަސްގެ ވަބާ ފިލުވައިވެސް ލެވިދާނެއެވެ.

ދުނިޔޭގެ އެންމެން ބައިވެރިވެގެން ނަމަވެސް ހުކުރު ދުވަހުގައިވާ ދުޢާ އިޖާބަ ކުރައްވަވާ ވަގުތު ލިބިގެންފިނަމަ، އެވަގުތު ދުޢާ ކުރެވިއްޖެ ނަމަ އެ ދުޢާ މާތް ﷲ އިޖާބަކޮށްދެއްވަވާނެތެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހެނީ އެ ވަގުތު ދުޢާކޮށްފިނަމަ އެ ދުޢާ ﷲ ޢިޖާބަ ނުކުރައްވަވައި ދޫ ނުކުރައްވަވާނެތެވެ. އެއީ ޙަދީޘްފުޅުތަކުން އެނގި ޔަޤީންވާން އޮތް ކަމެކެވެ.

މިފަދަ ދުވަސްތަކުގައި ޢާއިލާ އާއިއެކު ތިބޭއިރު، ވަގުތު ހޭދަކުރަމުން ގެންދާއިރު މިއީ ހެޔޮ އަމަލުތައް ކުރުމުގެ އާދަ މުޅި ޢާއިލާގައި އަށަގަންނަވަން ލިބިފައިވާ ރަނުގެ ފުރުޞަތަކަށް ހަދައި ފުރުޞަތުގެ ބޭނުން ކުރާށެވެ! މުސްލިމުން އަބަދުވެސް ވާނަ ޖެހޭނީ ހެޔޮ ކަމެއްކުރަން މަގުފަހިވާ ގޮތަށް ލިބޭ ކޮންމެ ފުރުޞަތެއްގެ ބޭނުން ހިފާ ބައަކަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް