އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ތަނަވަސްކަން ދެއްވަވާފައިވާ އިސްލާމީ ލީޑަރުން ބޭނުންފުޅު ނަމަ އިސްލާމީ އުންމަތް ސަލާމަތްކޮށްދެވޭނެ!

ﷲ ތަނަވަސްކަން ދެއްވަވާފައިވާ އިސްލާމީ ލީޑަރުން ބޭނުންފުޅު ނަމަ އިސްލާމީ އުންމަތް ސަލާމަތްކޮށްދެވޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 47 ސިކުންތު

އިސްލާމީ ޤައުމުތަކުގެ ތެރެއިން ގިނަ ޤައުމުތަކަކަށް ﷲ ތައާލާ ވަނީ އިމެއް ނެތި ތަނަވަސްކަން މިންވަރުކުރައްވަވައިފައެވެ. ތެލާއި ގޭހާއި އެނޫންވެސް ޤުދްރަތީ ވަސީލަތްތަކުންނެވެ. އެދުވަހަކު ހޯދަން ބޭނުންވާ ވަރަކަށް ފައިސާ ހޯދުމުގެ ނިޢްމަތްތައް ވަނީ މިންވަރު ކުރައްވަވައިފައެވެ. 

ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް މިއަދު ވަނީ އެ ޤައުމުގެ އަމިއްލަ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒިފުންނަށް 3 މަސް ދުވަވަންދެން މުސާރަ ދެވޭނެ ފައިސާގެ ގޮތުގައި 9 ބިލިއަން ސައުދީ ރިޔާލް (2،39 ބިލިއަން ޑޮލަރު) ދައުލަތުން ދިނުމަށް ނިންމަވައިފައެވެ. 

މިއީ ވަރަށް ރަނގަޅު ނިންމެވުމެކެވެ. ސައުދީ ރައްޔިތުންނަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެ މަގު އެވަނީ ފަހިކޮށް ދެއްވަވައިފައެވެ. އިސްލާމީ އެހެން ޤައުމުތަކުގެ ވެރިންވެސް މިފަދަ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް އުންމީދުކުރެވެއެވެ. 

ﷲ ތަނަވަސްކަން ދެއްވެވި އިސްލާމީ ލީޑަރުން މިއަދު ވިސްނަވަންވީ ހަމައެކަނި އެ ޤައުމުތަކުގެ ރައްޔިތުންނަކަށް ނޫނެވެ. މުޅި އިސްލާމީ އުންމަތަށެވެ. ބޭކާރު ގޮތުގައި ހަނގުރާމަތަކަށް ކުރަމުން ގެންދާ ހޭދަތަކާއި ކާފިރުން ރުއްސަން ކުރާ ހޭދަތައް ކުރުން ހުޓާލައި އިސްލާމީ އުންމަތަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިނަމ މުޅި އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުޞީބާތްތަކުން ﷲ ވާގިފުޅާއިއެކު ސަލާމަތް ވެވޭނެއެވެ. 

މިއީ އިސްލާމީ ޤައުމުތަކުގެ ވެރިން ﷲ ގެ އެންގެވުންތައް ތަންފީޒުކުރައްވަންވީ ވަގުތެވެ. ޚިޔާލުތަފާތުވުންތައް ނައްތާލައި މުޅި އިސްލާމީ އުންމަތް އެކުގައި އެއްބައެއްގެ ގޮތުގައި ނުކުންނަންވީ ވަގުތެވެ! ޤަތަރާއި ސައުދިޢަރަބިޔާ އަދި އީރާނުގެ މެދުގައި ހުރި ޚިޔާލުތަފާތުވުންތައް ނައްތާލައި ﷲ ގެ އެންގެވުންތައް ތަންފީޒުކުރަން ފަށަންވީ ވަގުތެވެ. 

ދުނިޔޭގެ ހުރިހާ މުސްލިމުންނަކީ އެއް ހަށިގަނޑެއްގެ ގުނަވަންތައް ކަމަށް އޮތް ބަސްފުޅު ކުރިއަށް ނެރެ އަމަލުކުރަން ފަށަންވީ ވަގުތެވެ. ކާފިރުންގެ މަކަރާއި ޙީލަތުން އިސްލާމީ އުންމަތުގައި އުފައްދުވާފައިވާ ޚިޔާލުތަފާތުވުންތަކާއި އަދާވާތްތެރިކަން ނައްތާލަންވީ ވަގުތެވެ. ހަތިޔާރު ވިއްކުމުގެ ބޭނުމުގައި އުފައްދަމުން ގެންދާ ޢަދާވާތްތެރިކަމަށް ހޭލުންތެރިވާންވީ ވަގުތެވެ!

ﷲ މުސްލިމް ޤައުމުތަކަށް ތަނަވަސްކަން ދެއްވަވާފައިވަނީ އެއްވެސް ޙާލެއްގައި ހަމައެކަނި އެ ޤައުމެއްގެ ރައްޔިތުންނަށް އެހީވުމަކަށް ނޫނެވެ. ރަސޫލް (ޞޢވ) ގެ ސިޔަރަތުންނާއި 4 ޚަލީފާއިންގެ ވެރިކަމުގައި އެކަން ވަނީ ވަރަށް ފުރިހަމައަށް ބަޔާންކޮށްދެއްވަވައިފައެވެ. މިއަދަކީ އެބޭކަލުން ދައްކަވައި ދެއްވެވި ނަމޫނާގައި ހިފައި އަމަލުކުރަންވީ ވަގުތެވެ. މުޅި އިސްލާމީ އުންމަތަށް އެހީތެރިކަން ފޯރުކޮށްދޭންވީ ވަގުތެވެ! އެކަމުގެ ބަދަލު ﷲ ދެއްވަވާނެކަން އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް