އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއިން ނުލިބޭ ބޭސް ގެންނަން އެސްޓީއޯ އިން އެހީތެރިވަނީ! ވެންޓިލޭޓަރުތަކާއެކު ތިން ސަތޭކަ އެނދުގެ ފެސިލިޓީއެއް ހަދަނީ!

ރާއްޖެއިން ނުލިބޭ ބޭސް ގެންނަން އެސްޓީއޯ އިން އެހީތެރިވަނީ! ވެންޓިލޭޓަރުތަކާއެކު ތިން ސަތޭކަ އެނދުގެ ފެސިލިޓީއެއް ހަދަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

 

ކޮރޯނާ ވައިރަސްގެ މީހުންނަށް ޚާއްޞަކޮށްގެން 300 އެނދުގެ ފެސިލިޓީއެއް ހަދަމުން ގެންދާ ކަމަށް ސަރުކާރުން ބުނެފިއެވެ. 

ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް މިރޭ ވިދާޅުވީ 300 އެނދުގެ ފެސިލިޓީ ހަދަނީ ގިނަ އަދަދެއްގެ ވެންޓިލޭޓަރުތަކާއިވެސް އެކުގައި ކަމަށެވެ. ފަރުކޮޅުގައި މިހާރު ހުރި މަރުކަޒުގައިވެސް 50 އެނދާއި 2 ވެންޓިލޭޓަރު އެބަހުރި ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. 

މަބްރޫކް ވިދާޅުވީ ދަތރުތައް ހުއްޓިފައިވުމާއިއެކު ޢާންމުކޮށް ބޭނުން ކުރާ ބޭހުގެ ތެރެއިން ރާއްޖެއިން ނުލިބޭ ބޭސް ގެނައުމަށް އެސްޓީއޯ ހެންވޭރު ފާމަސީން އެހީތެރިވެދެމުން ގެންދާ ކަމަށެވެ. އާސަންދައިން ކަވަރުކޮށްދޭ ބޭހާއި ކަވަރުކޮށް ނުދޭ ބޭސް ގެންނަންވެސް އެހީތެރިވެދޭ ކަމަށް މަބްރޫކް ވިދާޅުވެއްޖެއެވެ. 

މަބްރޫކް މިރޭ ވިދާޅުވީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ވޯލްޑް ބޭންކުން ދިން 7.3 މިލިއަން ޑޮލަރުގެ އެހީތެރިކަމުގެ އިތުރުން ކޮންޓެންޖެންސީގެ ގޮތުގައި އިތުރު 10 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް