އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅަމެންނަށް ރަޙުމް ކުރައްވަވައި އަޅަމެންނާއި ބައްދަލުވާ މީހުންގެ ކިބައިން މިބަލި އަޅަމެންނަށް ވާރުތަ ނުކުރައްވަވާނދޭވެ! އާމީން

އަޅަމެންނަށް ރަޙުމް ކުރައްވަވައި އަޅަމެންނާއި ބައްދަލުވާ މީހުންގެ ކިބައިން މިބަލި އަޅަމެންނަށް ވާރުތަ ނުކުރައްވަވާނދޭވެ! އާމީން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

"ޔާ ﷲ! އަޅަމެންނަށް ހިމާޔަތްކަމެއްވެސް ސަލާމަތްކަމެއް ވެސް މިންވަރުކޮށް ދެއްވެވޭނެ ހަމައެކަނި ފަރާތަކީ އިނބަ ﷲ އެވެ. އަދި ބާރެއްވެސް ލިބޭނީ އިނބަ ﷲ ދެއްވެވި ނަމައެވެ. 

އަދި ހުރިހާ ކަމެއްގެ ފުރިހަމަ ކޮންޓްރޯލް ވަނީ އިނބަ ﷲ ގެ ޙަޟްރަތުގައިކަން މިއަޅާ ޔަޤީންކުރަމެވެ. މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސްގެ ވަބާއިން ވެސް އަޅަމެން ސަލާމަތްކޮށްދެއްވަވާނެ ކަމަށް އަޅަމެން ޔަޤީންކުރަމުއެވެ. 

ޔާ ﷲ! އަޅަމެންނަށް ރަޙުމް ކުރައްވަވާނދޭވެ! އަޅަމެންނާއި ބައްދަލުވާ މީހުންގެ ކިބައިން މިބަލި އަޅަމެންނަށް ވާރުތަ ނުކުރައްވަވާނދޭވެ! މިބަލީގެ ޝިކާރައަށް ވުމަށް މިންވަރު ނުކުރައްވަވާނދޭވެ!" އާމީން 

މީސްތަކުންނޭވެ! ދުޢާ އަކީ އަބަދުވެސް މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރެވެ! ދުޢާގައި ހުރި ބާރުގަދަކަން ނިކަން ދެކެބަލާށެވެ! ދުޢާގެ ސަބަބުން ﷲ ތަޢާލާ ލިޔުއްވަވާފައިވާ ކަންކަން އެކަލާނގެ އިރާދަ ކުރެއްވެވި އަޅަކަށް ބަދަލުކޮށްދެއްވަވަތެވެ! ވީމާ ދުޢާ ކުރުމުގައި މާޔޫސް ނުވާށެވެ! ޔަޤީންކަމާއިއެކު ދުޢާކޮށް ވާގިއެދެމުން ގެންދާށެވެ! ހަމައެކަނި ބޭނުންވަނީ ތިމާގެ ޢަމަލުތައް ސީދާކޮށް ޙައްޤު މަގުގައި ސާބިތުވުމެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް