އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަލިވާ މީހުންގެ އަދަދު މަދު ނަމަ ފަރުވާ ދެވޭނެ ފެސިލިޓީ އެބަހުރި! އެންމެން ބަލިވެއްޖެ ނަމަ 4 ލައްކަ ވެންޓިލޭޓަރުވެސް މަދުވާނެ!: މަބްރޫކް

ބަލިވާ މީހުންގެ އަދަދު މަދު ނަމަ ފަރުވާ ދެވޭނެ ފެސިލިޓީ އެބަހުރި! އެންމެން ބަލިވެއްޖެ ނަމަ 4 ލައްކަ ވެންޓިލޭޓަރުވެސް މަދުވާނެ!: މަބްރޫކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ބަލިވާ މީހުންގެ އަދަދު މަދު ނަމަ ފަރުވާ ދެވޭނެ ފެސިލިޓީ ރާއްޖޭގައި އެބަހުރި ކަމަށާއި ނަމަވެސް ބައްޔާއިމެދު ފަރުވާ ކުޑަކޮށް މަގުމައްޗަށް ނުކުމެ އުޅުމުގެ ސަބަބުން އެންމެން ބަލިވެއްޖެ ނަމަ 4 ލައްކަ ވެންޓިލޭޓަރުވެސް މަދުވާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ. 

މަބްރޫކް ވިދާޅުވީ ބައަކު މަގުމައްޗަށް ނުކުތުމަކީ ތިމާ މަގުމައްޗަށް ނުކުންނަން ޖެހެންވީ ސަބަބެއް ނޫން ކަމަށެވެ. އެމީހަކު ބޭރަށް ނުނުކުންނަ ނަމަ އެމީހާ އާއި އެމީހާގެ ޢާއިލާ ސަލާމަތްކުރެވިދާނެ ކަމަށެވެ އެއިރުން ބަލިވާ މީހުންގެ އަދަދު މަދުވާނެ ކަމަށެވެ. 

މަބްރޫކް ވިދާޅުވީ ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ އެމީހާ އާއި އެމީހާގެ ޢާއިލާ ސަލާމަތްކުރަން ކަމަށާއި މަސައްކަތްކުރަންވީ ތިމާގެ ސަބަބުން އިތުރު އެއްވެސް މީހަކަށް ބަލި ނުޖެހޭނެ ގޮތަށް ޢަމަލުތައް ބަހައްޓަން ކަމަށެވެ. ބޭރުގައި އުޅުމަކީ ބަލި ހިފައިގެން ގެއަށް ވަނުމުގެ ފުރުޞަތު ވަރަށް ބޮޑަށް އޮތް ކަމެއް ކަމަށެވެ. 

ދުނިޔޭގައި ކޮރޯނާ ވައިރަސް ފެތުރިގެން އައި ގޮތަށް ބަލާއިރު އެންމެ ނުރައްކާތެރި ވެފައިވަނީ މަގުތަކަށް ނުކުމެ އުޅުމުގައި ފަރުވާކުޑަކުރި ޤައުތަކުގައެވެ. ކުރިއާލައި ރައްކައުތެރިކަމުގެ ފިޔަވަޅު ނުއެޅުނު ޤައުމުތަކުގައެވެ.

ރާއްޖެއިން މިވަނީ ރައްކައުތެރިކަމުގެ ފިޔަވަޅުތައް ވަރަށް ފުރިހަމައަށް އަޅައިފައެވެ. ރައްޔިތުންގެ އެއްބާރުލުން ލިބިއްޖެ ނަމަ ނުރައްކާތެރި ޙާލަތަށް ދާން ނުޖެހި ސަލާމަތްވެވިދާނެ ކަމުގެ އުންމީދު ރާއްޖޭގައި އަދިވެސް ވަރަށް ބޮޑުކަން ފާހަގަކުރެވެއެވެ.

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް