އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތުންގެ އާދޭސް ސީޕީ ޙަމީދަށް!: "ކާފިޔު އާ ޚިލާފްވާ މީހުން ހުއްޓުވައި ކާފިޔު ފިލަންދެން މަގުމަތީގަ މަޑުކުރުވައި ދެއްވާ!

ރައްޔިތުންގެ އާދޭސް ސީޕީ ޙަމީދަށް!: "ކާފިޔު އާ ޚިލާފްވާ މީހުން ހުއްޓުވައި ކާފިޔު ފިލަންދެން މަގުމަތީގަ މަޑުކުރުވައި ދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

ކާފިޔު ހިންގަނީ އެންމެންގެ ސަލާމަތަކަށެވެ! ދިވެހިންނަކީ ޖުރުމަނާއަށް ބިރުގަންނަ ބައެއް ނޫނެވެ. އިރުކޮޅަކުން ސަރުކާރުން މާފުވެސް ކުރާތީއެވެ! ވީމާ މިޙާލަތުގައި ކާފިޔު ގަޑީގައި ނުކުންނަ މީހުން ހިފެހެއްޓޭ ސަރަހައްދެއްގައި ސޯޝަލް ޑިސްތޭންސް ދީގެން ކާފިޔު ފިލަންދެން މަގުމަތީގައި މަޑުކުރުވައި ދެއްވުމަކީ މިކަމަށް އެޅިދާނެ ފިޔަވަޅެއް ކަމުގައި ފެނެއެވެ. މިއީ ޖުރުމަނާ ކުރުމާއިއެކުވެސް އެޅިދާނެ ފިޔަވަޅެކެވެ.

މިފަދަ ކޮންމެވެސް ހަރުދަނާ ފިޔަވަޅެއް ނުއަޅައި ހަމައެކަނި ޖުރުމަނާ ކުރުމަކުން މިއަދުގެ ރައްޔިތުން ޚާއްޞަކޮށް ޒުވާނުން ހުއްޓުވޭނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެއީ އަޚްލާޤް ކިޔަވައި ދިނުން ހުއްޓާލައި އަމުރަށް ކިޔަމަންތެރި ނުވާން ސިޔާސީ ޕޯޑިއަމްތަކުގައި ހތްވަރުދޭތީ އަޚްލާޤަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތީއެވެ.

ގިނަ ޒުވާނުން މައިންބަފައިންގެ އަމުރުތަކަށްވެސް ކިޔަމަނެއް ނުވެއެވެ. އެއީ 1990 އިން ފެށިގެން ފާއިތުވި 30 އަހަރު މައިންބަފައިންނަކީ އެއްވެސް ބައެއް ނޫންކަމަށް ދައްކައި ސަރުކާރުތަކުން ކުޑަކުދިންގެ ޙައްޤުތައް ކުރިއަށް ނެރުމުގެ ނަތީޖާއެވެ. މިޙާލަތު ބަދަލުކުރެވޭނީ ވަރަށް ގިނަ ކަންކަން އަލުން މުރާޖަޢާކޮށްގެންނެވެ.

(މިއީ ސަރުކާރުގެ ތަރުޖަމާނު ރޭ ދެއްކެވި ވާހަކަފުޅާއި ދެއްވި މައުލޫމާތުގެ ޚަބަރު ޝާއިއުކުރުމުން ބައެއ ކިޔުންތެރިންގެ އެދުމަށް ލިޔެފައިވާ ލިޔުމެކެވެ.)

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް