އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިސް، ފިޔާ، އަލުވި، މުގު ވިއްކޭނެ އެންމެ ބޮޑު އަގުކަނޑައަޅައި ޚިލާފްވާނަމަ ބޮޑެތި ފިޔަވަޅުތަކެއް އަޅަން ނިންމައިފި

ބިސް، ފިޔާ، އަލުވި، މުގު ވިއްކޭނެ އެންމެ ބޮޑު އަގުކަނޑައަޅައި ޚިލާފްވާނަމަ ބޮޑެތި ފިޔަވަޅުތަކެއް އަޅަން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ބިސް، ފިޔާ، އަލުވި، މުގު ވިއްކޭނެ އެންމެ ބޮޑު އަގު އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ މުދާ ގަންނަ ފަރާތްތަކާ ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން މިވަގުތު އިގްތިސާދީ ހާލަތު ހުރި ގޮތަށް ރިއާޔަތްކޮށް، މިމަހުގެ 6ަ ވަނަ ދުވަހުން ފެށިގެން ބައެއް ތަކެތިން އަގު ކޮންޓްރޯލްކުރުމަށް ނިންމާފައިވާ ކަމަށެވެ.

އިއުލާނުގައިވާ ގޮތުން:

• މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އާދައިގެ ފިޔާ ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 20 ރުފިޔާއަށެވެ. އާދައިގެ އަލުވި ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 20 ރުފިޔާއަށެވެ. ރީނދޫ މުގު ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 45 ރުފިޔާ އަށެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުދު ކުކުޅު ބިހެއް ވިއްކޭނެ އެންމެ މަތީ އަގަކީ 1.80 ރުފިޔާ އަށެވެ.

މިނިސްޓްރީން ބުނީ މި އަގަށްވުރެ ބޮޑުކޮށް އަގު ކޮންޓްރޯލުކޮށްފައިވާ މުދަލެއް ވިއްކައިފި ނަމަ، ހިލާފުވާ ފުރަތަމަ ފަހަރު، އެ ފަރާތެއް އެންމެ ގިނަވެގެން 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި، ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތް އެންމެ ގިނަވެގެން 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، އަދި ހަ މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިނިސްޓްރީން މި ގޮތަށް ނިންމާފައިވާއިރު ބާޒާރުގައި ވަނީ މި ބާވަތްތަކުގެ އަގު އުފުލިފަ އެވެ. އެގޮތުން ފިޔާ ކިލޯއެއް 30 ރުފިޔާ އަށް ހުރި އިރު އަލުވި ކިލޯއެއް ވިއްކަނީ 20 ރުފިޔާ އަށްވުރެ ބޮޑު އަގެއްގައެވެ. އަދި ކުކުޅު ބިހެއްގެ އަގުވެސް އުޅެނީ 2 ރުފިޔާ އަށްވުރެ މަތީގަ އެވެ.

އިކޮނޮމިކް މިނިސްޓްރީފެ އިއުލާނު:

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް