އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަރަންޓީން މުއްދަތު ފުރިހަމަކުރި ސާޅީސް ނުވަ ދިވެއްސަކު ދޫކޮށްލައިފި!

ކަރަންޓީން މުއްދަތު ފުރިހަމަކުރި ސާޅީސް ނުވަ ދިވެއްސަކު ދޫކޮށްލައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު

ފަން އައިލެންޑް ރިޒޯޓުގައި 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރި 49 ދިވެއްސަކު ދޫކޮށްލައިފިއެވެ.

މިމީހުން ދޫކޮށްލާފައި މިވަނީ އެޗްޕީއޭއިން މިހާރު އަމަލުކުރަމުންދާ ޕްރޮޓޮކޯލްގެ ދަށުން ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ކޮވިޑް-19 އަށް ހަދާ ޓެސްޓް ނެގެޓިވް ވުމުންނެވެ. އަދި 14 ދުވަހުގެ ކަރަންޓީނު މުއްދަތު އެ ފަރާތްތަކުން ފުރިހަމަކޮށްފައިވުމުން އެމީހުން މިއަދު ކަރަންޓީނު ފެސިލިޓީން ދޫކޮށްލާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ރާއްޖެ އަށް މިހާރު އަންނަ ހުރިހާ ދިވެހިން ވެސް ސީދާ ކަރަންޓީނަށް ގެންދާއިރު، ރާއްޖެ އަށް ފަތުރުވެރިން އައުން މިހާރު ވަނީ މަނާކޮށްފައެވެ. އަދި ސަރުކާރުން ދާދިފަހުން ވަނީ ކަރަންޓީނުގައި ތިބޭ އެންމެން ވެސް ދޫކޮށްލުމުގެ ކުރިން ކޮވިޑަށް ޓެސްޓު ކުރާނެކަން ވެސް އިއުލާންކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 19 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ