އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތޮއްޖެހިފައިވާ ތަންތަނުން އެހެން ތަންތަނަށް ބިދޭސީން ބަދަލު ކުރަނީ!

ތޮއްޖެހިފައިވާ ތަންތަނުން އެހެން ތަންތަނަށް ބިދޭސީން ބަދަލު ކުރަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

މާލޭގައި ބިދޭސީން ތޮއްޖެހިފައިވާ ތަންތަނުން އެމީހުން އެހެންތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް އިކޮނަމިކް މިނިސްޓްރީން ފަށާފައިވާކަމަށް ނޭޝަނަލް އެމެރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެސެންޓަރުގެ ތަރިޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް މީހުންގެތެރެއިން އެމީހުންގެ ޤައުމަށް އެނބުރިދާން ބޭނުންވާމީހުން ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މާލޭގައި އެއްތަނެއްގައި އާދާޔާ ޚިލާފަށް ގިނަޢަދަދަކަށް ބިދޭސީން އުޅޭ ތަންތަނުން އެހެންތަންނަށް މީހުން ބަދަލުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ކުރައްވަމުންދާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޙާލަތު ބަލި މުޖުތަމަޢަށް ފެތުރެމުންދާ ޙާލަތަކަށް ގޮސްފިނަމަ ބިދޭސީން އުޅޭތަންތަނަކީ އެންމެބޮޑު ނުރައްކަލަށް ހުށައެޅޭނެ ހިރާސްބޮޑު ތަންތަންކަމަށްވުމުން އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލައި އެޅުމަށްޓަކައި ކަމާގުޅުންހުރި ފަރާތްތަކުން މަސައްކަތް ކުރަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެތެރެއިން ޤައުމަށް އެނބުރި ދިއުމަށް ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް ތިން ސަތޭކައަށްވުރެ ގިނަ މީހުން އެދިފައިވާކަމަށެވެ.

"މިގޮތަށް ފުރުސަތު ހުޅުވާލިނަމަވެސް އެކަމުގައި ގޮންޖެހުންތަކެއް އެބަހުރި. ބަންގްލަދޭޝްފަދަ ޤައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވުމުން އެޤައުމުގައި ތިބި ދިވެހިންވެސް ގެނެވޭނެގޮތްތަކެއް ސަރުކާރުން މިދަނީ މިހާރުވެސް ހޯދަމުންދަމުން. އަދި މިވަގުތު ބަންގްލަދޭޝުންވެސް އެޤައުމުގެ ރައްޔިތުން ގެންދަންބޭނުންވަނީ ކިހާވަރަކަށްތޯ ބަލަންޖެހޭ" މަބްރޫކް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް