އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤަވާއިދާ ޚިލާފަށް ލައްކައެއްހައި ބިދޭސީން ތިބި އިރު އެނބުރި ޤައުމަށްދާން ބޭނުންވި މީހުންގެ އަދަދު ހަތަރުސަތޭކަ ވެސް ހަމަނުވި!

ޤަވާއިދާ ޚިލާފަށް ލައްކައެއްހައި ބިދޭސީން ތިބި އިރު އެނބުރި ޤައުމަށްދާން ބޭނުންވި މީހުންގެ އަދަދު ހަތަރުސަތޭކަ ވެސް ހަމަނުވި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ އަދަދު ލައްކައަކަށް އަރާނެ ކަމަށް ބެލެވޭއިރު އިކޮނޮމިކް މިނިސްޓްރީން ރަޖިސްޓްރީ ވާން ހުޅުވައިލި ފުރުޞަތުގައި 30،000 އާއި 40،000 އާއިދެމެދުގެ އަދަދެއްގެ މީހުން ރަޖިސްޓްރީކުރި ކަމަށް ޚަބަރު ފެތުރުނެވެ. 

ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް މިރޭ ވިދާޅުވި ގޮތުގައި ކޮރޯނާ ވައިރަސް އާއި ގުޅިގެން ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން އެނބުރި ޤައުމަށް ދާން ބޭނުންވާ މީހުން ނަން ނޯޓުކުރަން އިކޮނޮ،ޮކް މިނިސްޓްރީން ހުޅުވައިލި ފުރުޞަތުގައި ނަން ނޯޓު ކުރި މީހުންގެ އަދަދު 400 އަށްވުރެ މަދެވެ! 

ވަރަށް ސާފުކޮށް އެނގިގެން މިދިއައީ ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި ތިބި ބިދޭސީން އެކި މަސައްކަތްކޮށްގެން އާމްދަނީ ހޯދަން ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި ތިބުމުގެ ފުރުޞަތު ސަރުކާރުން ދީފައި އޮތުމުން އެމީހުން އެނބުރި ޤައުމަށް ދާން ބޭނުން ނުވާ ކަމެވެ. ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން ނޫނީ ޤަވާއިދާއި ޚިލާފަށް ތިބި ބިދޭސީންގެ ކިބައިން ރާއްޖެ ސަލާމަތް ނުކުރެވޭނެ ކަމެވެ. 

ރާއްޖެ މިހާރު ވެފައި މިވަނީ އާބާދީގެ ނިޞްބަތުން އެންމެ ގިނަ ބައަކު ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ދިރިއުޅެ އާމްދަނީ ހޯދަމުން ގެންދާ ޤައުމަށްކަމަށް ގިނަ ބައަކު ބުނެއެވެ. 

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ވިދާޅުވެފައިވަނީ ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި ތިބި ބިދޭސީންގެ މައްސަލަ ޙައްލު ނުކުރެވިއްޖެ ނަމަ މަޤާމުން އިސްތިޢުފާ ދެއްވާނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް