އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއިން ކޮރޯނާ ވައިރަސް ފިލައި ރައްކާތެރިކަމާއެކު ފަތުރުވެރިކަން ފަށައިގަނެވިދާނެ ކަމުގެ އުންމީދު ބޮޑު!

ރާއްޖެއިން ކޮރޯނާ ވައިރަސް ފިލައި ރައްކާތެރިކަމާއެކު ފަތުރުވެރިކަން ފަށައިގަނެވިދާނެ ކަމުގެ އުންމީދު ބޮޑު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

ކޮރޯނާ ވައިރަސްގެ ޙާލަތު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ރާއްޖެއިން ކޮރޯނާ ވައިރަސް ފިލައި ރައްކާތެރިކަމާއެކު ފަތުރުވެރިކަން ފަށައިގަނެވިދާނެ ކަމުގެ އުންމީދު ބޮޑެވެ. 

އެގޮތަށް ވިސްނަވާ ބޭފުޅުން ވިދާޅުވަނީ ކުރިމަތިވެދާނެ ނުރައްކަލަކަށް ސަރުކާރުގެ ހެލްތް ފެސިލިޓީތައް އިތުރަށް ތައްޔާރުވުމަށްފަހު ދިގު މުއަދަތަށް ރާއްޖެއަންނަން ބޭނުންވާ ފަތުރުވެރިންނަށް ފުރުޞަތުދީ އެމީހުންގެ ކަންކަން މިހާރު ފަދައިން ގާތުން ބަލަމުން ގެންދާނަމަ މިނިވަންކަމާއިއެކު ނޭވާލާން ބޭނުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށެވެ. 

"މާތް ﷲ ވާގިފުޅާއިއެކު ރާއްޖޭގައި ދެވޭ ޞިއްހީ ޚިދުމަތްތަކުގެ ފެންވަރުވެސް ވަރަށް ރަނގަޅު! އިރާދަކުރެއްވިއްޔާ ޕޮޒިޓިވް އެންމެންވެސް ނެގަޓިވްވާނެ! އެކަމުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ ޞިއްޙީ ޚިދުމަތަށް އިތުބާރު ލިބިގެންދާނެ! އެއިރުން ފަތުރުވެރިން ބިރެއްވެސް ނުގަންނާނެ!" މިއަދުނޫހަށް މައުލޫމާތު ހިއްޞާ ކުރެއްވި މާހިރަކު ވިދާޅުވެފައިވެއެވެ. 

އޭނާ ވިދާޅުވީ ފަތުރުވެރިން ގެނައި ނަމަވެސް ނުގެނައި ނަމަވެސް ދުނިޔޭގައި ކޮރޯނާ ވައިރަސް ފެތުރޭހައި ދުވަހަކު އެކަމުގެ ބިރުވެރިކަން ރާއްޖެއަށް ވެސް އޮންނާނެ ކަމަށާއި އެކަމަށް ހޭލުންތެރިވާން ރައްޔިތުންނަށް ޖެހޭނެ ކަމަށެވެ. އެޗްޕީއޭގެ އިރުޝާދުތަކަށް އަމަލުކުރަން ވެސް ޖެހޭނެ ކަމަށެވެ! 

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބަދަލުތަކެއް ގެނެސް ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއަރުވަން އިތުރު ގޮތްތަކާއި ރައްކައުތެރި މަންޒިލްތަކެއް ހޯދަން އެމްއެމްޕީއާރުސީން މަސައްކަތްކުރާނެ ކަމުގެ ސިގްނަލްތަކެއް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވެސް ވަނީ ދެއްވައިފައެވެ. 

މިހާލަތުގައިވެސް ރާއްޖެއިން ދާން ބޭނުން ނުވާ ފަތުރުވެރިންތަކެއް މިވަގުތުގައިވެސް ރާއްޖޭގައި ތިބި ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް މިރޭ ވެސް ވަނީ ވިދާޅުވެފައެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް