އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޮކްޑައުން އަމުރާ ޚިލާފުވުމުން ނިއުޒީލެންޑުގެ ވަޒީރެއްގެ މަގާމު ދަށްކުރިއިރު އޮސްޓްރޭލިއާ ގައި ސޯޅަހާސް ޑޮލަރުން ޖޫރިމަނާކުރަނީ!

ލޮކްޑައުން އަމުރާ ޚިލާފުވުމުން ނިއުޒީލެންޑުގެ ވަޒީރެއްގެ މަގާމު ދަށްކުރިއިރު އޮސްޓްރޭލިއާ ގައި ސޯޅަހާސް ޑޮލަރުން ޖޫރިމަނާކުރަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ކޮރޯރާވައިރަސް ނުވަތަ ކޮއިޑް19 ފެތުރުން ހުއްޓުވުމަށް ގައުމުތަކުން އަޅަމުންދާ އެންމެބޮޑު ފިޔަވަޅަކީ މިވައިރަސް ފެތުރެމުންދާ ސަރަހައްދުތައް ނުވަތަ މުޅިގައުމު އެއްކޮށް ވަކި ވަގުތަތަށް ލޮކްޑައުން ކުރުމެވެ.

ކޮރޯރާވައިރަހުގެ ސަބަބުން ނިއު ޒީލެންޑް ލޮކްޑައުންކޮށްފައި ވަނިކޮށް، އަމުރާ ޚިލާފަށް އެގައުމުގެ ހެލްތު މިނިސްޓަރު ޑޭވިޑް ކްލާކު ވަނީ އާއިލާއާ އެކު ބީޗަށް ނުކުމެވަޑައިގެންފައެވެ. ލޮކްޑައުން އަމުރާ ޚިލާފަށް ހެލްތު މިނިސްޓަރު ގެއިންބޭރަށް ނިކުމެވަޑައިގަތުމުން އޭނާގެ ވަޒީރުކަމުގެ މަގާމް މިހާރުވަނީ ދަށްކޮށްފައެވެ.

މިކަމާއިގުޅިގެން ނިއު ޒީލެންޑްގެ ބޮޑު ވަޒީރު ޖަސިންޑާ އާޑާން ވިދާޅުވީ ހެލްތު މިނިސްޓަރު އެ ކުރެއްވީ އެއްގޮތަކަށް ވެސް ކުރައްވައިގެން ވާނެ ކަމެއް ނޫންކަމަށާއި އެކުށަށް ދެއްކޭނެ އުޒުރެއް ނޯންނާނެ ކަމަށެވެ. އަދި އާދައިގެ ހާލަތެއް ނަމަ ހެލްތު މިނިސްޓަރު މަގާމުން ދުރުކުރާނެ ކަމަށެވެ.

ހެލްތު މިނިސްޓަރު މަގާމުން ދުރުކުރުމުގެ ބަދަލުގައި އޭނާ މިހާރު ހަމަޖައްސާފައި ވަނީ ކެބިނެޓުގެ އެންމެ ދަށް ރޭންކަށެވެ. 

ލޮކްޑައުން އަމުރާހިލާފުވެގެން ނިއުޒީލެންޑުގެ ވަޒީރެއްގެ މަގާމު ދަށްކުރިއިރު އޮސްޓްރޭލިއާ ގައި ވެސް ވަނީ މިކަމަށް ހަރުކަށިފިޔަވަޅު ތަކެއް އަޅާފައެވެ. 

އޮސްޓްރޭލިއާގައި ލޮކްޑައުން ވަގުތުގައި ގެއިންބޭރަށް ނުކުމެއްޖެނަމަ ދަނީ 16،000 ޑޮލަރުން ޖޫރިމަނާކުރަމުން ނެވެ. މީގެއިތުރުން ސައުދީ ސަރުކާރުން ވެސް ވަނީ މިހާލަތުގައި ހެލްތް މިނިސްޓްރީގެ ޤަވާއިދުތަކާއި ޚިލާފުވެ އަމުރަށް ނުކިޔަމަންތެރިވެއްޖެ ނަމަ 1 ލައްކަ ރިޔާލައިން ޖުރުމަނާ ކުރުމަށާއި 5 އަހަރު ދުވަހަށް ޖަލަށްލާން ނިންމާފައެވެ. 

އަވައްޓެރި އިންޑިއާގައި ލޮކްޑައުންގައި މަގުމަތީގައި ހަރަކާތްތެރިވާ މީހުން ހުއްޓުވަން ފުލުހުން ބޭނުންކުރަމުންދަނީ ލަޓިބުރިއެވެ. މަގުމަތީގައި ދުއްވާ މީހުންނާއި އަރައި ހަމަކޮށް ގެންދަނީ ލަޓިބުރިން ތަޅަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު