އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު ނުޢްމާން މިއަދު އަވަހާރަވެއްޖެ!

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު ނުޢްމާން މިއަދު އަވަހާރަވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު ނުޢްމާން މިއަދު އަވަހާރަވެއްޖެ އެވެ. 

މިއަދުނޫހަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި ނުޢްމާން އަވަހާރަވީ ކިޑްނީގެ ބައްޔަކަށް ފަރުވާކުރައްވަމުން ގެންދަވަނިކޮށް އިންޑިއާގައެވެ. 

ނުޢްމާނަކީ އިސްލާމް ދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި ފުރުޞަތު ނެތްކަމަށް އީޔޫގެ ވަފުދަށް ދަންނަވަން ކެރިވަޑައިގެންނެވި ހިތްވަރުގަދަ ދިވެހި ދަރިއެކެވެ. ވެރިކަން ބަދަލުވުމުން އީޔޫ އިން ރާއްޖެ އައި ބޮޑު ވަފުދުގެ ކުރިމަތީގައި ސާބިތުވެވަޑައިގެންނެވި ހިތްވަރުގަދަ ބަޠޮލެކެވެ! 

ނުޢްމާން އަކީ، އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުގެ މެމްބަރެކެވެ. ފެނަކަ އުފެއްދިއިރު އެ ކުންފުނީގެ ޗެއާމަންގެ މަގާމުގަ އާއި އަދި ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް ނުޢްމާން ވަނީ ޚިދުމަތްކުރައްވައިފައެވެ. 

ނުޢްމާނަކީ އަބަދުވެސް ކަންކަން އިޞްލާޙްކުރައްވައި ޤާނޫނާއި ޤަވާއިދުތަކުގެ ތެރެއިންކަންކަން ކުރިއަށް ގެންދަވަން މަސައްކަތްކުރެއްވި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ނުޢްމާނަކީ ޚުލްޤް ރަނގަޅު މަޑުމައިތިރި މިޒާޖުގެ އަދި އެކުވެރި ކަމާއިއެކު މުޢާމަލާތު ކުރެއްވި ބޭފުޅެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. 

މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާކުރަމުއެވެ! ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި! އާމީން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް