އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްވެސް މީހަކު ހިތުގަ ޖެހޭނެ، ކަންބޮޑުވުން އިތުރުވާނެ ބަހެއް ނުބުނުމަކީވެސް އަޅުކަމެކެވެ!: މުފްތީ މެންކް

އެއްވެސް މީހަކު ހިތުގަ ޖެހޭނެ، ކަންބޮޑުވުން އިތުރުވާނެ ބަހެއް ނުބުނުމަކީވެސް އަޅުކަމެކެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

މުޅި ދުނިޔެ މިވަނީ ވަރަށް ބޮޑު ކަންބޮޑުވުމެއްގައެވެ. އެންމެންވެސް މިތިބީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައެވެ. މިފަދަ ވަގުތަކު ދުލުން ބުނާ ބަސްތަކަށް ވަރަށް ބޮޑަށް ސަމާލުކަންދޭން ވާނެއެވެ. އެއްވެސް މީހަކު ކަންބޮޑުވާނެ ބަހެއް ނުބުނުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! ތިމާއަށް ބުނެވޭ ބަހެއްގެ ސަބަބުން އެހެން މީހަކު ކަންބޮޑުވެދާނެ ފަދަ ބަހެއް ނުބުނާށެވެ! 

ބުނާ ބަހަކީ އެ ބަހެއްގެ ސަބަބުން އެހެން މީހުންނަށް ހިތްހަމަޖެހުން ލިބޭ ފަދަ ބަހަކަށް ހަދަން ގަދަޅައި މަސައްކަތްކުރާށެވެ. އެއްވެސް މީހަކަށް ތިމާގެ ކިބައިން ހިތް ހަމަޖެހުމެއް ލިބުނު ނަމަވެސް އެއީ ކުރެވޭ ހެޔޮ ޢަމަލެކެވެ. ސަވާބު ލިބޭނެ އަޅުކަމެކެވެ. 

މީގެ މާނައަކީ އެއްވެސް ޙާލެއްގައި އެއްވެސް މީހެއްގެ ހިތް ހަމަޖައްސައިދިނުމަށް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ނުވަތަ އިސްލާމް ދީނުގައި ޙަރާމް ކަމެއް ކުރަން އެހީތެރިވުމެއް ނޫނެވެ. އެއީ އެއްވެސް ޙާލަތެއްގައި އިސްލާމް ދީނުގައި ހުއްދަ ކަންކަމެއް ނޫނެވެ. ޢަޛާބު ލިބޭނެ ކަންކަމެވެ. 

މިއީ އެންމެންވެސް ވަރަށް ބޮޑު ކަންބޮޑުވުމެއްގައި ތިބި ވަގުތެކެވެ. ސިކުނޑީގައި އެތައް ކަމެއް އެއްފަހަރާ އެނބުރެމުންދާ ވަގުތެކެވެ. މިފަދަ ވަގުތެއްގައި ކުއްލިކުއްލިއަކަށް ކަންކަން ނުނިންމާށެވެ! ކަމެއް ޖެހުމުން ވިސްނާލަން ވަގުތުކޮޅެއް ނަގާށެވެ! އެއިރުން މާ ރަނގަޅު ގޮތްތައް ވިސްނި އެކަމުގެ ފައިދާ ކުރުމުގެ ފުރުޞަތު ބޮޑުވާނެއެވެ. 

- މުފްތީ މެންކްގެ ނަޞޭޙަތެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް