އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އީޔޫގެ ބޮޑު ވަފުދަށް ރަތްކާޑު ދެއްކެވި ނުޢްމާން- ތާރީޚުގަ ރަން އަކުރުން ފަވާލެވޭނެ!

އީޔޫގެ ބޮޑު ވަފުދަށް ރަތްކާޑު ދެއްކެވި ނުޢްމާން- ތާރީޚުގަ ރަން އަކުރުން ފަވާލެވޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް ކަމުގައި ހުންނެވި އަހްމަދު ނުޢްމާން ގިނަބައަކަށް ފާހަގަކުރެވޭނީ ވަރަށް އަޚްލާޤް ރަނގަޅު މަޑުމައިތިރި ބޭފުޅެއްގެ ގޮތުގައެވެ. ވާހަކަދައްކަވާއިރު ވެސް ގެންގުޅއްވާނީ ވަރަށް މަޑުމައިތިރި ގޮތްތަކެވެ. ވާހަކަ ދައްކަވާނީ ރިވެތި ބަހުރުވައިންނެވެ.

ވާހަކަދެއްކެވުމުގައި މަޑުމައިތިރި ނަމަވެސް ނުޢްމާނަކީ ވަރަށް ވަރުގަދަ ޝަޚްޞިއްޔަތެކެވެ. ވަރަށް ވަރުގަދަ ބަސް ވިދާޅުވާން ކެރިވަޑައިގަންނަވާ ބޭފުޅެކެވެ. އެކަން އެންމެ ބޮޑަށް ހާމަވެގެން ދިއައީ ސަރުކާރު ބަދަލުވުމުން ރާއްޖެއިން އެހެން ދީންތަކަށް ފުރުޞަތު ހޯދަން އައި އީޔޫގެ ބޮޑު ވަފުދު ފުރުމުގެ ކުރިން ސިޔާސީ ޕާޓީތަކާއިއެކު ބޭއްވި ބައްދަލުވުމުގައެވެ.

އެބައްދަލުވުމުގައި "ރާއްޖޭގައި އިސްލާމް ނޫން ދީނަކަށް ރައްޔިތުން ފުރުޞަތެއް ނުދޭނެ. ސިޔާސީ ގޮތުން އެކަން ކުރަން އުޅުނު ނަމަވެސް ރައްޔިތުން އެކަން ބަލައެއް ނުގަންނާނެ" ކަމަށް ވިދާޅުވެ ވަފުދުގެ މޫނުމަތީގަ "ތަފާއްޔެއް" ޖައްސަވަން ކެރިވަޑައިގަތީ ހަމަ އަހްމަދު ނުޢްމާން އަށެވެ.

ނުޢްމާން އެ މޭރުމުން ވިދާޅުވުމުން އެތަނުގައި ހުންނެވި ރާއްޖޭގެ ބޭފުޅަކު ނުޢްމާނަށް ތާއީދު ވެސް ކުރެއްވިއެވެ. ތާއީދުކުރެއްވުމަށްފަހު މިހާރު އެބޭފުޅަކު މަސައްކަތް ކުރައްވަމުން ގެންދަވަނީ ހުރިހާ ދީނެއް ރާއްޖޭގައި ބާއްވަން ތާއީދުކުރާ ދިވެހިރައްޔިތުންގެ އަދަދު ގިނަކޮށް އީޔޫގެ ބޭނުން ފިއްދައިދޭންކަން ފާހަގަކުރެވެއެވެ.

އަޅުގަނޑާއި ނުޢްމާން އެންމެފަހުން ބައްދަލުވެ ވާހަކަ ދެކެވުނީ ހުކުރު ނަމާދަކަށްފަހު އިސްލާމީ މަރުކަޒުގައެވެ. ގަޑިއެއްހައިއިރު ހުންނަވައިގެން ވަރަށް ގިނަ ވާހަކަތައް ވިދާޅުވިއެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ ބުދު އެތެރެކުރަން ކުރި މަސައްކަތާއި ގުޅިގެން ވިދާޅުވި ވާހަކަތަކުން އެނގުނީ އެއީ ރާއްޖޭގައި ހިންދޫ ދީނުގެ ފެސްޓިވަލެއް ބާއްވަން އެތެރެކުރަން އުޅުނު ތަކެތި ކަމެވެ. "އެމީހުންގެ ކިބައިން މާބޮޑު ތަފްޞީލެއް ނުލިބޭ! ނަމަވެސް އެއީ އެމީހުން ބައިވެރިވާ ފެސްޓިވަލަކަށް އެތެރެކުރި ތަކެތިކަމަށް މައުލޫމާތު ލިބުނު! ދެން އެހެންވީމަ އެންމެ މަޞްލަޙަތު ރަނގަޅު ގޮތް ކަމަށް ބަލާފަ އަވަހަށް އެމީހުން ފުރުވާލީ!"

އީޔޫގެ ބިޔަ ވަފުދާއި ކުރިމަތިލައި ނުޢްމާން ފަތަޙަ ހޯއްދެވި ދުވަހަކީ ދިވެހި ތާރީޚުގައި ރަންއަކުރުން ލިޔެވިފައިވާ ދުވަހެކެވެ. ޢަދާލަތު ޕާޓީން އެކަން ފާހަގަކުރަމުން ގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް