އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއީ އާޚިރަތުގަ ފައިދާ ނުކުރާނެ ކަންކަމަށް ހޭދަކުރާ މީހުންގެ މިޞްރާބު އަވަހަށް ބަދަލުކޮށްލަންވީ ވަގުތެވެ!

މިއީ އާޚިރަތުގަ ފައިދާ ނުކުރާނެ ކަންކަމަށް ހޭދަކުރާ މީހުންގެ މިޞްރާބު އަވަހަށް ބަދަލުކޮށްލަންވީ ވަގުތެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 39 ސިކުންތު

ދުނިޔޭގެ ފައިސާވެރިން ބިލިއަނުން ޑޮލަރު ދީފައި އެބަ ކުރެހުންތައް ގަނެލައެވެ. ގަނެގެން ގެންގޮސް ފާރުތަކުގައި ނުވަތަ އެނޫންވެސް ތަންތަނުގައި ބަހައްޓައެވެ. އަހަރެން ކުރަން މިއުޅޭ ސުވާލަކީ 500 މިލިއަން ޑޮލަރަސް ކުރެހުމެއް ކަމަށް 100 ކުރެހުން ގަނެގެން ގެންގޮސް ކިތަންމެ އިއްޒަތުގައި ކުރެހުންތައް ބެހެއްޓި ނަމަވެސް އެއަށް ބެލުން ނޫން އެއްވެސް ކަމެއް ތިމާއަށް ކުރެވޭނެ ހެއްޔެވެ؟ 

ދެވަނަ ސުވާލަކީ ކިތަންމެ ވަރަކަށް ކުރެހުންތަކަށް ބެލި ނަމަވެސް އަދި އެއިގައި ފިރުމި ނަމަވެސް އެއިން އެއްވެސް ކަމެއްގެ ބަދަލުގައި އެއަށް ތިބާއަށް ކޮށްދެވޭނީ ކޮން ކަމެއް ހެއްޔެވެ؟ އެންމެ ކުޑަމިނުން ތިބާ އާއި ދިމާއަށް ބަލައިލެވޭނެ ހެއްޔެވެ؟ ތިމާ ގަތީ 1000 މިލިއަން ޑޮލަރަށްކަން އެ ކުރެހުމަށް އެނގޭނެ ހެއްޔެވެ؟ އަދި ގަތީ ކާކުކަންވެސް އެނގޭނެ ހެއްޔެވެ؟

ދުނިޔެއާއިމެދުވެސް ވިސްނަންވީ ހަމަ މިއުޞޫލުންނެވެ. އުފަލުގައި ދުނިޔޭގައި ތިބާ އުޅެން ޒީނަތުގެ ގޮތުގައި ބޮޑެތި ހޭދަތައް ކުރަމުން ގެންދާއިރު އެކަމުން ތިބާއަށް ލިބޭނީ ކޮން އެއްޗެއް ހެއްޔެވެ؟ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ދުނިޔޭގައި ހުރިއިރު ހިތް ހަމަޖައްސަން އެތައް މިލިއަނެއް ޚަރަދުކޮށްގެން ކުރި އެއްވެސް ކަމެއް ހިފައިގެން ދެވޭނެ ހެއްޔެވެ؟ 

މީސްތަކުންނޭވެ! މިއީ މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ވިސްނަންވީ ވަގުތެވެ! ތަނަވަސްކަން ލިބިފައިވާ މީހުން ބޮޑަށް ވިސްނަންވީ ދުވަހެވެ. އެހެން މީހުން ވެސް އެމީހެއްގެ ދަރަޖައިން މިކަންކަމަށް ވިސްނާށެވެ! 

ދިރިއުޅުމަށް ކުރަންޖެހޭ އަސާސީ ޚަރަދުތައް ފިޔަވައި ބޭކާރު އެއްވެސް ޚަރަދެއް ނުކުރާށެވެ! އެކަންކަމުން ތިމާއަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. މިސާލަކަށް މިބުނިފަދައިން ކުރެހުން ގަތުން ފަދަ ކަންކަން ކުރުމުން ނުވަތަ އެނޫންވެސް ތިމާއަށް އެއްވެސް ޙަޤީޤީ ފައިދާ އެއް ނުކުރާނެ ކަންކަން ކުރަން ފައިސާ ހޭދަ ނުކުރާށެވެ! އެއިގެ ބަދަލުގައި އެއްވެސް ފައިސާއެއް ބާކީ ކުރެވިއްޖެނަމަ އަވަހަށް އާޚިރަތް ދުވަހުގެ އެކައުންޓަށް ޖަމާކުރާށެވެ! މާނައަކީ ޞަދަޤާތްކުރާށެވެ! ﷲ ގެ މަގުގައި ހޭދަކުރާށެވެ! 

މުޅި ދުނިޔެ މިފަދަ ނިކަމެތި ޙާލަތެއްގައިވާމި ވަގުތަކީ މިފަދަ ކަންކަމަށް އެންމެންވެސް އިތުރަށް ސަމާލުކަން ދޭބްވީ ވަގުތެވެ! ފެންނަ ކަންކަމުން ޢިބްރަތް ޙާޞިލުކުރުމަކީ އެއީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް