އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެސްޓީއޯ އެޖެންޓުން ތިބީ އެސްޓީއޯ އިން އަގުހެޔޮކޮށްދީފިނަމަ ހެޔޮ އަގުގަ ހުރިހާ ބާވަތެއްވެސް ވިއްކަން ތައްޔާރަށް!

އެސްޓީއޯ އެޖެންޓުން ތިބީ އެސްޓީއޯ އިން އަގުހެޔޮކޮށްދީފިނަމަ ހެޔޮ އަގުގަ ހުރިހާ ބާވަތެއްވެސް ވިއްކަން ތައްޔާރަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

ރާއްޖެ ތެރޭގެ ރަށްރަށުގައި ތިބި އެސްޓީއޯގެ އެޖެންޓުން ތިބީ އެސްޓީއޯ އިން ހެޔޮ އަގުގައި އަލުވި ފިޔާބިސް މުގު އަދި އެނޫންވެސް ތަކެތި ހެޔޮ އަގުގައި ލިބޭނެ ގޮތް ހަދައިދީފި ނަމަ ހެޔޮ އަގުގައި ރައްޔިތުންނަށް ވިއްކަން ތައްޔާރަށް ކަމަށް ބުނަމުން އެބަގެންދެއެވެ. 

އެސްޓީއޯ އަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ވެސް ޙިއްޞާ އޮތް ކުންފުންޏަކަށްވެފައި އެސްޓީއޯ އިން ހަމައެކަނި މާލޭގައި ދިރިއުޅޭ ބައަކަށް ކޮންޓްރޯލްކޮށްގެން ހެޔޮ އަގުގައި އަސާސީ މުދާ ވިއްކަމުން ގެންދާ މައްސަލައިގައި މިއަދުނޫހުން ކުރި ސުވާލާއި ގުޅިގެން މިރޭ ވެސް ބައެއް އެޖެންޓުން މިއަދުނޫހަށް ގުޅިއެވެ. 

އެމީހުން ބުނަނީ ކާޑު ފަދައިން އެހެން މުދާ ވެސް ހެޔޮ އަގުގައި ރައްޔިތުންނަށް ވިއްކަން ބޭނުންވާ ކަމަށާއި ނަމަވެސް ވިއްކޭނީ ހެޔޮ އަގުގައި އެސްޓީއޯ އިން އެބާވަތްތައް ގަންނަން ލިބުމުން ކަމަށެވެ. ވީމާ މިކަމުން އެނގިގެންދަނީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ހެޔޮ އަގުގައި މުދާ ވިއްކުމުގެ ފުރުޞަތު މިހާރު އެސްޓީއޯއަށް އެބަ އޮތްކަން ކަމުގައި ފާހަގަކުރެވެއެވެ. 

ރާއްޖެއަށް މިފަދަ ދަތިކަމެއް ކުރިމަތިނުވާއިރުވެސް ރާއްޖެ ތެރޭގައި ހުރި އެސްޓީއޯގެ ފިހާރަތަކުން ވަނީ މާލެ ޢާއި އެއްއަގުގައި ތަކެތި ވިއްކައިފައެވެ. ރޯދަ މަހަށް ޚާއްޞަކޮށްގެން އިތުރު ބާވަތްތައްވެސް ވިއްކައިފައެވެ. ވީމާ މިއަދު ކޮންމެ ރަށެއްގައި މުދާ ވިއްކުމުގެ ފުރުޞަތު އެސްޓީއޯއަށް އޮތް އިރު ރާއްޖެތެރޭގައި ތިބި ދިވެހި ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ގަންނަން ލިބޭނެ އިންތިޒާމު ހަމަ ނުޖައްސާނަމަ ކެޕިޓަލް ސިޓީ ނުވަތަ ވެރިކަން ކުރާ ރަށުގައި ދިރިއުލެމުން ގެންދާ ރައްޔިތުންނާއި ރާއްޖެތެރޭގައި ދިރިއުޅޭ ރައްޔިތުޔންނާއިމެދުގައި ސަރުކާރަށް އެގެންދެވެނީ ތަފާތުކުރެވެމުންނެވެ.  

އެސްޓީއޯގައި އަމިއްލަ ނަމުގައި ހިއްޞާ ނެތް ނަމަވެސް އެސްޓީއޯގައި ހިމެނޭ ދައުލަތުގެ ޙިއްޞާއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ވެސް ޙިއްޞާކަން ފާހަގަކުރެވެއެވެ!  

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް